ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

އެމް.ޑީ.ޕީ އުނގޫފާރު ދާއިރާގެ ޕްރައިމަރީ – މުހައްމަދު އަނީލްގެ ފޯމް ހުށައަޅައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބު

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ދިނުމަށް އުނގޫފާރު ދާއިރާގައި ބާއްވާ ޕްރައިމަރީގައި ބައިވެރިވާން މުހައްމަދު އަނީލް ފޯމު ހުށައަޅައިފިއެވެ.

މުހައްމަދު އަނީލް ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ 200 މީހުންގެ ސޮޔާއެކު ފޯމުހުށައަޅާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. އަނީލްގެ ފަރާތުން ފޯމު ހުށައަޅަން ގޮސްފައިވަނީ މުހައްމަދު ސުޒީލްއެވެ.  މުހައްމަދު އަނީލް އަކީ އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފޯމު ހުށައެޅި 6 ވަނަ ކެނޑިޑޭޓެވެ.

ފޯމު ހުށައެޅުމުގެ ސުންގަޑި މިއަދު ހަވީރު 4 އަށް ހަމަވާނެއެވެ.

އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށައަޅާފައިވަނީ

1 މުހައްމަދު ވަހީދު (ވައްޑެ)

2- އަބްދުލް ބާރީ ހުސައިން

3- ހުސައިން ޝިހާމް

4- އިބްރަހީމް ނަސީރު

5- އިބްރާހީމް ޝިޔާމް

6- މުހައްމަދު އަނީލް

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close