ޙަބަރުރ.އަތޮޅުތައުލީމް

މެމް ބިޒްނަސް ސުކޫލާއި އުނގޫފާރު ކައުންސިލު ގުޅިގެން ހިންގާ 3 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މެމް ބިޒްނަސް ސުކޫލް

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (މެމް) އާއި އުނގޫފާރު ކައުންސިލް ގުޅިގެން އުނގޫފާރު ސެންޓަރު ގައި ހިންގުމަށް ހަމަޖެހިފައިވާ 3 ކޯހެއްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރު ފުރުސަތު ހުޅުވާލި 3 ކޯހަކީ އެޑްވާންސް ސެޓިފިކެޓް އިން ޝަރީއާ-އިން ލޯ އާއި ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި ޑިޕްލޮމާ އިން އިންފޯމޭޝަނަލް ޓެކްނޮލޮޖީ (އައި-ޓީ) އެވެ.

ކޯސްތަކުގައި ކިޔެވުމަށް އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް 27 ޑިސެމްބަރ 2018 ގެ ކުރިން އުނގޫފާރު ކައުންސިލަށް ހުށައަޅަން ޖެހެއެވެ. އެޕްލިކޭޝަން ފޯމް އުނގޫފާރު ކައުންސިލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިކަމަށްއެދި ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ

 ނަންބަރު:  IUL)303-AS/2018/56)

އިޢުލާން

އެމް.އޭ.އެމް. ބިޒްނަސް ސްކޫލާއި މިކައުންސިލް ގުޅިގެން ތިރީގައިމިވާ ކޯސްތައް މި ރަށުގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

##ކޯހުގެ ނަންޝަރުޠުކޯސް ފީމުއްދަތު
1އެޑްވާންސް ސެޓިފިކެޓް އިން ޝަރީއާ-އިން ލޯ
 •  އޯ.ލެވެލް އިމްތިހާނު ނިންމާފައިވުމާއެކު 3 މާއްދާއިން ފާސްވެފައިވުން ނުވަތަ
 • ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން

ނުވަތަ

 • 18 އަހަރުވެފައިވުން އަދި 1 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިހުރުން އަދި

މި ކޯސް ހިންގާ ބަހުން ލިޔެކިޔަން އިނގުން

1 އަހަރު

2ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް

 • ޖީސީއީ އޭލެވެލް 2 މާއްދާއިން ދަށްވެގެން ދެ އީ ފާސް ލިބިފައިވުން ނުވަތަ
 • ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ
 • އެމް.ކިޔު.އޭ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން (ގުޅުން ނެތް ދާއިރާއަކުން) އަދި އެމް.ކިޔު.އޭ އެޕްރޫވްޑް ޔުނިވަސިޓީ ޕްރެޕްރޭޝަން ޕޮރޮގްރާމް ނިންމައިފައިވުން ނުވަތަ
 • ގްރޭޑް 10 ނިންމައިފައި ވުމާއިއެކު އުމުރުން 20 އަހަރު ވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމާއެކު އެމް.ކިޔު.އޭ އެޕްރޫވްޑް ޔުނިވަސިޓީ ޕްރެޕްރޭޝަން ޕޮރޮގްރާމް ނިންމައިފައިވުން ނުވަތަ
 • އެމް.ކިޔު.އޭ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު އުމުރުން 20 އަހަރު ވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމާއެކު އެމް.ކިޔު.އޭ އެޕްރޫވްޑް ޔުނިވަސިޓީ ޕްރެޕްރޭޝަން ޕޮރޮގްރާމް ނިންމައިފައިވުން

30000.00ރ 

1 އަހަރު

3 

ޑިޕްލޮމާ އިން އިންފޯމޭޝަނަލް ޓެކްނޮލޮޖީ (އައި-ޓީ)

30،000.00ރ1 އަހަރު

މި ކޯސްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ޑިސެމްބަރ 2018 ވާ ހުކުރު ދުވަހުގެ ކުރިން  އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9999354 ނުވަތަ 6580118 ނަންބަރަށެވެ.

12 ރަބީއުލްއައްވަލް  1440

19  ޑިސެމްބަރ   2018

 ޢަބުދުއްނާޞިރު ޢަލީ

ކައުންސިލްގެ ރައީސް

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close