ޙަބަރުރ.އަތޮޅުތައުލީމްސިއްޙަތު

ހެނދުނުގެ ނާސްތާ – ރ އަތޮޅުން ފުރަމަތަ ފަށާނީ ރަސްމާދޫ ސްކޫލުގަ

ހެނދުނުގެ ނާސްތާ

ދިރާސީ އާ އަހަރާއެކު ހެނދުނުގެ ނާސްތާ ދޭން ފަށާނެ ކަމަށާއި ނަމަވެސް ފުރަތަމަ އެކަން ފަށާނީ 25 ސްކޫލުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ އާބާދީއަށް ބެލުމަށްފަހު މާލެ ސަރަހައްދުން ފަސް ސްކޫލަކާއި އަތޮޅުތެރެއިން 20 ސްކޫލެއްގައި ނާސްތާ ދޭން ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޔުނިސެފްގެ އެހީއާއެކު ނާސްތާގެ ގޮތުގައި ދޭނެ 10 މެނޫއެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުރަތަމަ ފަށާ 25 ސްކޫލު ތެރޭގައި ރ އަތޮޅުން ހިމެނެނީ ރަސްމާދޫ ސްކޫލެވެ.

 

މެނޫގައި ހިމެނޭ ތަކެތި

 

މެނޫ 1: ރޮށި، ބިސްގަނޑު ކިރު

މެނޫ 2: ރޮށި، ފަތު މަސްހުރި، ކިރު

.މެނޫ 3: ރޮށި، ތަރުކާރީ މަސްހުނި، ކިރު

މެނޫ 4: ރޮށި، ބަރަބޯ މަސްހުނި، ކިރު

މެނޫ 5: ރޮށި، ބަށި މަސްހުނި، ކިރު

މެނޫ 6: ބޭކަޑް ބީންސް، ރޯލް، ކިރު

މެނޫ 7: ބިސް، ސޭންޑްވިޗް، ކިރު

މެނޫ 8: ޓޫނާ، ސޭންޑްވިޗް، ފެން، ކިރު

މެނޫ 9: ޗީޒް ސޭންޑްވިޗް، ކިރު

މެނޫ 10: ޕާން، ޕީނަޓް ބަޓާ، ކިރު

ހެނދުނުގެ ނާސްތާ ފުރަތަމަ ފަށާ 25 ސްކޫލް:

1- މަޖީދިއްޔާ ސްކޫލް

2- އަމީނިއްޔާ ސްކޫލް

3- އިސްކަންދަރު ސްކޫލް

4- ހުރަވީ ސްކޫލް (ހުޅުމާލޭގައި އަލަށް ކިޔަވައިދޭން ފަށާ ސްކޫލް)

5- މުހްޔިއްދީން ސްކޫލް

6- ޝަހީދު އަލީ ތަކުރުފާން ސްކޫލް (ހއ. ތަކަންދޫ)

7- މ. ނާލާފުށި ސްކޫލް

8- ވ. ފުލިދޫ ސްކޫލް

9- ތ. ބުރުނި ސްކޫލް

10- އއ. މާޅޮހު ސްކޫލް

11- ރ. ރަސްމާދޫ ސްކޫލް

12- ހދ. ނޭކުރެންދޫ ސްކޫލް

13- ލ. އަތޮޅު ސްކޫލް (މާބައިދޫ)

14- ނ. މާފަރު ސްކޫލް

15- ދ. އަތޮޅު މަދަރުސާ (މީދޫ)

16- ގދ. އަތޮޅު ތައުލީމީ މަރުކަޒު (ގދ. ތިނަދޫ)

17- ގއ. ދާންދޫ ސްކޫލް

18- ކ. އަތޮޅު ތައުލީމީ މަރުކަޒު (ތުލުސްދޫ)

19- ޅ. އަތޮޅު މަދަރުސާ (ކުރެންދޫ)

20- ޏ. އަތޮޅު ތައުލީމީ މަރުކަޒު

21- އދ. އަތޮޅު ސްކޫލް (މާމިގިލި)

22- ފ. އަތޮޅު ތައުލީމީ މަރުކަޒު (ނިލަންދޫ)

23- މިލަންދޫ ސްކޫލް

24- ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭދަފުށި)

25- ޝަރަފުއްދީން ސްކޫލް (ސ. ހިތަދޫ)

ނާސްތާ ދޭން ފަށާ 25 ސްކޫލުގެ ޖުމުލަ އާބާދީ އަކީ 14،720 އެވެ. އޭގެ ތެރެއިން ވެސް ނާސްތާ ދޭން ހަމަޖައްސާފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ. އެ ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ.

ފުރަތަމަ ފަށާއިރު ކްލާސްރޫމުގެ ތެރޭގައި ނާސްތާގެ ކަންތައް ކުރިއަށް ގެންދިޔަސް ދިގު މުއްދަތަކަށް ބަލާއިރު ސަރުކާރުން ވިސްނާފައިވަނީ ސްކޫލުގައި ދަރިވަރުން ކެވޭނެ ހާއްސަ ތަނެއް ހަމަޖެއްސުމެވެ.

މިއަދުގެ ބައްދަލުވުމުގައި އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ ނާސްތާ 10 މެނޫއެއް ހިމެނިފައި ވިއަސް ކޮންމެ ދުވަހަކު ވެސް ތިން މެނޫއެއް އޮންނާނެ ކަމަށެވެ. އޭގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ އެއްޗެއް ކެއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނާފައިވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމެވެ. އެހެންވެ 25 ސްކޫލުން ފެށިކަމުގައި ވިއަސް ޕްރޮޖެކްޓް ނިމިގެންދާއިރު 212 ސްކޫލުގައި ނާސްތާ ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ސްކޫލް ކުދިންނަށް ނާސްތާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close