ޙަބަރުރ.އަތޮޅުތައުލީމް

އިިނގުރައިދޫ ކައުންސިލުން ޅެން ހަދަން ދަސްކޮށްދޭ ކޯހެއް ބާއްވަނީ

ރ.އިނގުރައިދޫ ކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން އެރަށުގައި ލެން ހަދަން ދަސްކޮށްދޭ ކޯހެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރ. އިނގުރައިދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ޅެން ހަދަން ދަސްކޮށްދޭ ކޯހެއް އަރަށުގައި ބާއްވަނީ 2019 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް އިނގުރައިދޫގައި ފާހަގަ ކުރާ ގޮތަށް ހަމަޖެހިފައި ވާތީ އެ ދުވަހާ ގުޅުވައިގެންނެވެ.

އިނގުރައިދޫ ކައުންސިލްގެ އިއުލާންގައި ވާ ގޮތުން އެ ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަށެވެ. ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓްފިކެޓް ލިބޭ ގޮތަށް ކުރިއަށް ދާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ރ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލާފައިވާ ކަމަށް އިނގުރައިދޫ ކައުންސިލްގެ އިއުލާންގައިވެއެވެ.

އެންކަމުން ޅެން ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަށް 31 ޑިސެންބަރު 2018 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން އެ ކައުންސިލަށް ގުޅައިގެން ނަން ނޯޓް ކުރުމަށް އިއުލާންގައި އެދިފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް އެ ކައުންސިލްގެ ނަންބަރު 6580028 އަކަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އިއުލާންގައި އެދިފައިވެއެވެ.

ދިވެހި ޅެންވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ. މި ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެނީ ދިވެހި ޅެންވެރިކަމުގެ ގުލްފާމުގެ ގޮތުގައި ނަންދެވިފައިވާ އަލްއުސްތާޛް އިބްރާހިމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ދުވަހާ ގުޅުވައިގެންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close