ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

އަލިފުށީ ދާއިރާގެ އެމް.ޑީ.ޕީ ޓިކެޓް ބިގޭ އަށް

ރައްޔިތުންގެ މަޖިލިސް އިންތިހާބު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ބާއްވާ ޕްރައިމަރީގައި އެންމެ މީހަކު ކުރިމަތިލުމުން ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި އަލިފުށީ ދާއިރާގެ މެމްބަރު މުޙަންމަދު ރަޝީދު ހުސައިން (ބިގޭ) ހިމެނެއެވެ.

ބިގޭގެ އިތުރުން ޓިކެޓް ކަށަވަރު ކުރި އަނެއް 2 މެމްބަރުންނަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

އެމްޑީޕީން އިއުލާން ކުރި ނުވަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ޓިކެޓް ކަށަވަރު ކުރައްވާފައި ވަނީ ކުރިން މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ދެ ބޭފުޅެކެވެ. އެއީ  ބާރަށު ދާއިރާއަށް ކުރިމަތިލެއްވި ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި މިލަންދޫ ދާއިރާއަށް ކުރިމަތިލެއްވި އެދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާއެވެ.

އޭގެ އިތުރަށް ރާއްޖެ ޓީވީގެ އެމްޑީ އަހްމަދު ސަލީމް (ކުޑަ ސައްލޭ)އަށް ހޯރަފުށި ދާއިރާގެ ޓިކެޓާއި، ދިއްދޫ ދާއިރާއަށް އަބްދުﷲ ވަހީދުއާއި މަހިބަދޫ ދާއިރާއަށް އަލީ އަހްމަދުގެ އިތުރަށް ފުވައްމުލަކު އުތުރު ދާއިރާއަށް މުހައްމަދު ރަޝީދެވެ.

އެމްޑީޕީގެ ޕްރައިމަރީ 86 ދާއިރާއަކަށް މީހުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން މަތީގައި ބުނެވުނު ނުވަ ކެންޑިޑޭޓުންނާއެކު 280 ކެންޑިޑޭޓަކު ވަނީ ޕްރައިމަރީއަށް ކުރިމަތިލައްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީއާއި ދިމާކޮށް އެޕާޓީއަށް ވަނީ ގިނަ އަދަދަކަށް އަލަށް މެމްބަރުން ވައްދާފައެވެ. އެގޮތުން އަލަށް ވެއްދި މެމްބަރުންނާއެކު 81 ހާސް މީހުން އެމްޑީޕީ ޕްރައިމަރީގައި ވޯޓް އެޅުމުގެ ހައްގު ލިބިގެންދާނެއެވެ. އެޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ އަދަދު 33 ހާހަށްވުރެ މައްޗަސް ވަނީ ގޮސްފައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close