ޙަބަރުރ.އަތޮޅުތައުލީމް

ރަސްމާދޫ ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ސަރުކާރުން ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގުރާމު ފެށުމަށްޓަކައި އަޖުމަ ބެލުމަށް ކުރިއަށް ގެންދާ ޕައިލެޓް ޕްރޮގުރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވާ 25 ސްކޫލްގެ ތެރޭގައި ހިމެނޭ ރ.ރަސްމާދޫ ސްކޫލުން އެ ސްކޫލުންގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ރަސްމާދޫ ސްކޫލުން ކުރި އިއުލާނެއްގައި މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2018 ޑިސެމްބަރު 18 އިން 2018 ޑިސެންބަރު 24 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 ން 14:00 އެ ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް އިއުލާންގައި އެދިފައިވެއެވެ.
ފޯން: 6580330
އީމެއިލް: admin@rasmaadhooschool.edu.mv

މީގެ އިތުރުން މި ޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްލުވުމެއް 25 ޑިސެންބަރު 2018 ވާ އަންގާރަ ދުވަހު 11:00 ގައި ރަސްމާދޫ ސްކޫލްގެ ލައިބްރަރީގައި އޮންނާނެ ކަމަށާއި 31 ޑިސެންބަރު ވާ ހޯމަ ދުވަހު 11:00 ގައި ބިޑް ހުޅުވުން އެ ސްކޫލްގެ ލައިބްރަރީގައި އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close