ޙަބަރުރ.އަތޮޅުތައުލީމް

ދުވާފަރު ގައި ނިޔަމި ކޯސް 2 ފަށަނީ

ރ ދުވާފަރު

ދުވާފަރު ޒުވާނުންގެ ޖަމިއްޔާ އާއި މިންސް ގުޅިގެން ދުވާފަރުގައި ހިންގާ ނިޔަމި ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ 3 ޖެނުއަރީ 2019 ގައެވެ.

ކޯހުގައި ކިޔެވުމަށް ޝައުޤުވެރިވެލައްވާ ހުރިހައި ފަރާތްތަކަށް ކޯހުގައި ބައިވެރި ވުމުގެ ސުންގަނޑި އަކީ މި ޑިސެންބަރު މަހުގެ 30 ވަނަ ދުވަހެއެވެ. އަދި މިތާރީހުގެ ނިޔަލަށް ކޯހުގެ ރެޖިސްޓްރޭޝަން އާއި ފީގެ ކަންތައް ނިންމެވުމަށް ދުވާފަރު ޒުވާނުންގެ ޖަމިއްޖާ އިން އެދި ލައްވައެވެ.

ނިޔަމި ކޯހުގެ މައުލޫމާތު އުނގޫފާރު ޑޮޓް ކޮމް އާއި ހިއްސާ ކުރައްވަމުން ޒުވާނުންގެ ޖަމިއްޔާގެ އަބްދުﷲ ނަޒީމް (ފިއްޓޭ) ވިދާޅުވީ މިކޯހުގައި ކިޔވައިދޭނީ މިދާއިރާގެ ތަޖުރިބާލިބިވަޑައިގެން ހުންނެވި ލެކްޗަރާ އެއް ކަމަށާއި މިއީ ކުރީ ކޯހުގައިވެސް ކިޔަވައި ދެއްވި ލެކްޗަރާ ކަމަށެވެ.

ކޯހުގެ ޕްރެކްޓިކަލް އަށް ބޭނުންވާ ހުރިހައި ތަކެއތި ފޯރުކޮށްދޭނީ ދުވާފަރު ޒުވާނުންގެ ޖަމިއްޔާއިންނެވެ. ކޯހުގެ ފީއަކީ ދެހާސް ރުފިޔާއެވެ. ކޯހުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެ ލައްވަ ފަރާތްތަކުން އަބްދުﷲ ނަޒީމް (ފިއްޓޭ) 7984730 އާއި ގުޅުއްވައިގެން ކުރިއަށް ދިއުމަށް އެޖަމިއްޔާ އިން އެދިލައްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close