ޙަބަރުރ.އަތޮޅު

އާ ޖަނަރޭޓަރު އިންސްޓޯލް ކޮށް އުނގޫފާރަށް ކަރަންޓްދޭން ފަށައިފި

އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ

އުނގޫފާރު ކައުންސިލުން ހިންގަމުންގެންދާ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަގަނޅު ކުރުމުގެ ގޮތުން މީގެ 6 މަސް ކުރިން ގެނެސްފައިވާ ޖަނަރޭޓަރު އިންސްޓޯލް ކޮށް ނިންމާ ރެއިން ފެށިގެން އުނގޫފާރަށް ކަރަންޓް ދޭން ފަށައިފިއެވެ.

590 ކިލޯވޮޓް ޖަނަރޭޓަރު ޕެނަލް އަށް ގުޅުމަށްޓަކައި ރޭ ދަންވަރު 1:00 ން 1:15 އަށް މުޅި ރަށުން ވަނީ ކަރަންޓް ކަނޑާލާފައެވެ. މި ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓް ދެވެން ފެށުމުން އުނގޫފާރުގެ ކަރަންޓްގެ ހާލަތު ވަރަށްބޮޑު ތަން ރަގަނޅު ވެގެން ދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close