ޙަބަރުރ.އަތޮޅު

މާކުރަތު ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލަނީ

ރ. މާކުރަތު

ދޮޅު އަހަރައްވުރެ ގިނަދުވަސް ވެފައިވާ ރ މާކުރަތުގެ ކަރަންޓް މައްސަލަ އަށް ހައްލެއްނުލިބި ކަރަންޓް ކެނޑުމުގެ މައްސަލަ އަދިވެސް އަންނަނީ ކުރިމަތި ވަމުންނެވެ. ހަފްތާއެއްހާ ދުވަސް ވަންދެން ކުޑަ ލުޔެއް ލިބުމަށްފަހު އިއްޔެ އިރާކޮޅުން ފެށިގެން ކަރަންޓް ކެނޑެންވަނީ ފަށާފައެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ މާކުރަތުގައި ކަރަންޓު ކެނޑޭ މައްސަލައަކީ ހައްލު ނުކުރެވިފައިވާ ބޮޑު މައްސަލަ އެއް ކަމަށާއި، މިމައްސަލައަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ހަސަން ވިދާޅުވީ ކަރަންޓަށް މައްސަލަ ދިމާވުމުން ކޮންމެ ފަހަރަކު ވެސް ގެންނަނީ ވަގުތީ ހައްލު ކަމަށާއި، ނަމަވެސް މިވަގުތީ ހައްލުގެ ސަބަބުން ރައްޔިތުންނަށް ލިބެނީ ބޮޑެތި ގެއްލުން ކަމަށެވެ.

” އިއްޔެ އިރާކޮޅު ކަރަންޓު ކެނޑެންފެށީ، އޭގެ ފަހުން ރަށުގެ އެކިހިސާބުން ގިނަވަގުތު މިއޮންނަނީ ކަރަންޓް ކެނޑިފައި، ރޭވެސް ދިޔައީ މިކަހަލަ ގޮތަކަށް، މިއަދުވެސް އަދި މިކަމަށް ރަގަނޅު ހައްލެއް ނުލިބޭ” ހަސަން އަލީ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަރަންޓުގެ މައްސަލަ އަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަ ވެސް އެ އިރު ފެނަކަ އިން އެއް ވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ.

އިންޖީނު ގޭގައި ކުރިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ތަޖުރިބާކާރު ފަރާތް މަޤާމުން ވަކިކޮށް ސިޔާސީ ނުފޫޒުން ރައީސް ޔާމިންގެ ސަރުކާރުގައި ވަޒީފާދިން އައު މެނޭޖަރާއި އިންޖީނުގެ ހަވާލުކުރުމުން ކަރަންޓު ކެނޑުމުގެ މައްސަލަ އިތުރަށް ދިމާވަމުން އަންނަ ކަމަށާއި އިންޖީނުގެ އަށް ގަސްތުގައި އޭނާ ގެއްލުން ދީފައިވާކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އޭނާ އަށް މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނު ކުރެވޭ ކަމަށް ރައްޔިތުން ބުނާކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

މާކުރަތުން ވާހަކަ ދެއްކި އާއްމު ރައްޔިތަކު ބުނީ 2015 ގެ ފަހުކޮޅު ގެނައި އާއިންޖީނުގެ މައްސަލަ ބޮޑުވެ ދޮޅު އަހަރެއްހާދުވަހުގެ ތެރޭގައި 3 ފަހަރު މޭޖަ އޯވަރހޯލަކަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބޭކަމަށެވެ. މިކަންކަން މިހެން ދިމާވެފައިވާތީ ރައްޔިތުންގެ ގިނަބަޔަކު ޤަބޫލުކުރަނީ ކަރަންޓް މައްސަލަ ހައްލުނުވެ މިދަނީ ތަނުގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ގަސްތުގައި އިންޖީނަށް ގެއްލުން ދޭތީކަމަށެވެ.

ހަސަން ވިދާޅުވީ އާބާދީގައި 1331 މީހުންގެ ތިބި މާކުރަތުގެ ކަރަންޓުގެ ޚިދުމަތް ދެނީ ޖުމްލަ 3 ޖަނަރޭޓަރުން ކަމަށާއި، އެއީ 160 ޖެނަރޭޓަރަކާއި، 80 ކިލޯވޯޓުގެ ދެޖަނަރޭޓަރަކުން ކަމަށެވެ. މައްސަލަ މިދިމާވަނީ 160 ކިލޯވޯޓުގެ ޖަނަރޭޓަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close