ޙަބަރުރ.އަތޮޅު

ރ އަތޮޅު ކައުންސިލް އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މަހީޝް ދަންޖެހިގެން މަރުވެއްޖެ

ރ އަލިފުށި

ރ އަތޮޅު ކައުންސިލް އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް މަހީޝް ދަންޖެހިގެން މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަހީޝް ދަންޖެހިފައި ހުރީ އޭނާ ދިރިއުޅެމުން ދިޔަ ގޭގައެވެ. ޑޮކްޓަރުންނާއި ހަވާލާދީ އަލިފުށިން މައުލޫމާތު ދިންމީހަކު ބުނެފައިވާ ގޮތުން މަހީޝް ފެނިފައިވަނީ މަރުވިތާ ގާތްގަޑަކަށް 6 ގަޑިއިރު ފަހުންނެވެ.

އުމުރުން 31 އަހަރުގެ މަހީޝް އަކީ ރ އަތޮޅު ކައުންސިލްގެ އަލިފުށީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ. މަހީޝް ރ އަތޮޅު ކައުންސިލަށް އިންތިހާބު ވެފައިވަނީ 2012 ވަނަ އަހަރު ބޭއްވި އެދާއިރާގެ ބައިލެކްޝަންގައި ޕީޕީއެމް ގެ ޓިކެޓްގައެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި މަހީޝް ވަނީ އެމްޑީޕީއަށްވެސް ސޮއިކުރައްވާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close