ޙަބަރުރ.އަތޮޅު

ރައީސް މާދަމާ ދުވާފަރަށް ވަޑައިގަންނަވަނީ

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މާދަމާ ހެނދުނު ރ. ދުވާފަރަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ދުވާފަރަށް ވަޑައިގަންނަވާނީ މާދަމާ ހެނދުނު 10:30 ގައެވެ. އެއަށްފަހު މާދަމާ މެންދުރުފަހު 1:30 ގައި ދުވާފަރުގައި ބާއްވާ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސްގެ އަރިހުގައި މާދަމާ ބައެއް ވަޒީރުންގެ އިތުރުން އެކި ރަށްރަށުންވެސް ޢިއްޒަތްތެރިން ދުވާފަރަށް ވަޑައިގަންނާވާ ގޮތަށްވަނީ ހަމަޖެހިފައެވެ. އުނގޫފާރުން ދުވާފަރަށް ވަޑައިގަންނަވާ ވަފުދު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 ގައެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގެ އިތުރުން މާދަމާ ހަވީރު ހާއްސަ ކުޑަކުދިންގެ ހަވީރެއް އަދި މާދަމާ ރޭ ރައްޔިތުންނަށް ބާއްވާ ހާއްސަ ބާބެކިޔުއެއް ދުވާފަރުގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close