ޙަބަރުރ.އަތޮޅު

ރައީސް ޞާލިހު ދުވާފަރަށް ވަޑައިގަންނަވައިފި

ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދާދި ދެންމެ އަކު ރ.ދުވާފަރަށް ވަޑައިގެންފިއެވެ. ދުވާފަރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ދުވާފަރު ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ރައީސް ޞާލިހު ދުވާފަރަށް ވަޑައިގެންފައި މިވަނީ މިއަދު ދުވާފަރުގައި އޮންނަ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ. ރައީސް ޞާލިހުގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ އާއި ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީ އާއި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި މިނިސްޓަރ އޮފް ނެޝަނަލް ޕްލާނިން އެންޑް އިންފްރާ ސްޓްރަކްޗާރ މުޙައްމަދު އަސްލަމް އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީގެ އިތުރުން އިސްލާމިކު މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވެސް މިހާރު ވަނީ ދުވާފަރަށް ވަޑައިގެންފައެވެ.

މީގެ އިތުރުން ރ.އަތޮޅުގެ އެކި ރަށްރަށުން ސަރުކާރު މުއައްސަސާ ތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް މިހާރު ވަނީ ދުވާފަރަށް ވަޑައިގެންފައެވެ. ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިއަދު މެންދުރުފަހު 13:30 ގައި ދުވާފަރު ޕްރައިމަރީ ސްކޫލްގައެވެ.

ރައީސް ޞާލިހް އަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފައި — ފޮޓޯ: އިބްރާހިމް ޒަޔާން

ރައީސްގެ މި ދަތުރުފުޅުގައި އުނގޫފާރު ކައުންސިލާއި ދުވާފަރު ކައުންސިލާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމެޖެހިފައެވެ.އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގެ އިތުރުން މިއަދު ހަވީރު ހާއްސަ ކުޑަކުދިންގެ ހަވީރެއް އަދި މިރޭ ރައްޔިތުންނަށް ބާއްވާ ހާއްސަ ބާބެކިޔުއެއް ދުވާފަރުގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close