ޙަބަރު

ރައީސް ޞާލިހް އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރައީސް މިއަދު ދުވާފަރަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާޞިރު ޢަލީ އާއި ނައިބު ރައީސް މުޙައްމަދު އަފުލާހުގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް އުނގޫފާރުން ވަޑައިގެން ވަފުދުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އުނގޫފާރު ކައުންސިލުން ވަނީ އުނގޫފާރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި އުނގޫފާރު ނެރު މިހާރު ހުރި ސަރައްހައްދުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ނެރު އުނގޫފާރު ދެކުނު ފަރާތަށް ބަދަލުކުރުމާ ބެހޭ ގޮތުން ރައީސް ޞާލިހުއާ މަސްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމަށް ރައީސް ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.އުނގޫފާރު ކައުންސިލްގެ އިތުރުން ދުވާފަރު ކައުންސިލާ ވެސް ރައީސް ޞާލިހް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close