ޙަބަރުރ.އަތޮޅު

ހެރިޓެންސް އާރަށް ރިސޯޓުން ރ.އަތޮޅުގައި އޯޕަންޑޭއެއް ބާއްވަނީ

ރ.އާރަށުގައި ތަރައްޤީކޮށްފައިވާ 5 ތަރީގެ ލަކްޒަރީ ރިސޯޓު، ހެރިޓެންސް އާރަށް ރިސޯޓު މޯލްޑިވްސް ފަރާތުން އޯޕެންޑޭއެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މި އޯޕަންޑޭ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖަނަވަރީ 2 ން 5 އަކަށް ރ.މީދޫ، ރ.މަޑުއްވަރި، ރ.އިނގުރައިދޫ، ރ.ރަސްމާދޫ، ރ.ދުވާފަރު އަދި ރ.އުނގޫފާރުގައެވެ.

އާރަށް ރިސޯޓުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖަނަވަރީ 2 ވަނަ ދުވަހު  ހެނދުނު 10:00 މެންދުރު 12:00 އަށް ރ.މީދޫގައި އަދި އެދުވަހު މެންދުރު ފަހު 14:00 ން ހަވީރު 16:00 އަށް ރ.މަޑުއްވަރީގައެވެ. ޖަނަވަރީ 3 ވަނަ ދުވަހު ހެނދުނު 10:00 ން މެންދުރު 12:00 އަށް ރ.އިނގުރައިދޫގައި މި އޯޕެންޑޭ ކުރިއަށްދާ އިރު އެދުވަހު މެންދުރު ފަހު 14:00 ން ހަވީރު 16:00 އަށް އޯޕަންޑޭ ކުރިއަށްދާނީ ރ.ރަސްމާދޫގައެވެ. އޭގެ އިތުރުން ޖަނަވަރީ 5 ވަނަ ދުވަހު ހެނދުނު 10:00 ން މެންދުރު 12:00 ރ.ދުވާފަރުގައި އަދި މެންދުރު 14:00 ން ހަވީރު 16:00 ރ.އުނގޫފާރުގައި ވެސް މި އޯޕަންޑޭ ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އާރަށް ރިސޯޓުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މި އޯޕަންޑޭގައި އެ ރިސޯޓުގެ ފްރޮންޓް އޮފީސް، ހައުސްކީޕިން، ކިޗެން، އިންޖިނިއަރިން، އެފް އެން ބީ، އެކައުންޓްސް އަދި އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަފާތު އެތަށް ވަޒީފާތަކަކަށް ފުރުސަތު ހުޅުވާލާނެއެވެ. މީގެ އިތުރުން އެ ރިސޯޓުގެ އިއުލާނުގައި ވާގޮތުން ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތު ހަމަނުވާ ނުވަތަ ބޭނުންވާ ތަޖުރިބާ ލިބިފައި ނެތްފަރާތްތަކުން އިތުރު ތަމްރީނު ހޯދުމަށް އެ ރިސޯޓުގެ އެޕްރެންޓިސް ޕްރޮގުރާމުގައި ބައިވެރިވުުމުގެ ފުރުސަތުވެސް ހުޅުވާލާނެއެވެ.

ރ.އާރަށުގައި ތަރައްޤީކުރާ ރިސޯޓަކީ “އާދާރަން” ބުރޭންޑުގެ ދަށުން ރާއްޖޭގައި ރިސޯޓު ހިންގާ ސުރީލަންކާގެ ކުންފުންޏެއް ކަމުގައިވާ އެއިޓްކެން ސްޕެންސް ހޮޓެލްސް އެންޑް ރިސޯޓްސް އިން އެކުންފުނީގެ އަނެއް ބުރޭންޑު ކަމުގައި “ހެރިޓެންސް” ބުރޭންޑުގެ ދަށުން ތަރައްޤީކުރާ ރިސޯޓެކެވެ. އެކުންފުނީގެ “ހެރިޓެންސް ހޮޓެލްސް” ވެބުސައިޓުގައި ބުނެފައިވާ ގޮތުގައި އާރަށުގައި 82 ވޯޓާ ވިލާ އާއި އެއްގަމުގައި އަޅާ 75 ވިލާ ހުންނާނެއެވެ. އާރަށް ރިސޯޓު ހުޅުވޭނެ ކަމަށް އެކުންފުނިން ލަފާކޮށްފައި ވަނީ ފެށޭ އަހަރުގެ ފެބުރުއަރީގައެވެ.އެކުންފުނިން އަދާރަން ބުރޭންޑުގެ ދަށުން ރ އަތޮޅު މީދުއްޕަރުގައި ހިންގާ އާދާރަން ސެލެކްޓް މީދުޕައްރު ހިމެނޭ ގޮތަށް ރާއްޖޭގައި އެ ބުރޭންޑުގެ 6 ރިސޯޓު ހިންގައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close