ޙަބަރު

ގުރުއާން ކްލާހުގެ މަސައްކަތް ހުއްޓާލުމުން ޒުވާނުންގެ ބަޔަކު ކައުންސިލާ ބައްދަލުކޮށްފި

އުނގޫފާރު ކައުންސިލުން އިމާރާތް ކުރަމުންދިޔަ ގުރުއާން ކްލާސް އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލުމުން އެކަމާ ހިތްހަމަ ނުޖެހިގެން އުނގޫފާރު ޒުވާނުންގެ ބަޔަކު މިއަދު ކައުންސިލް އިދާރާއަށް ހިނގައްޖެއެވެ.

މިމައްސަލާގައި ކައުންސިލަށް ދިޔަ ޒުވާނަކު ބުނީ އެމީހުން ކައުންސިލަށް މިދިޔައީ ރަށުގެ އެއްމެ އާއިލާއެއްގެ އަމިއްލަ މަސްލަހަތައް އެތަނުގެ މަސައްކަތް މިވަގުތައް ހުއްޓާލުމަށް ކައުންސިލުން ކޮންޓްރެކްޓަރައް އަންގާފައިވާތީ އެކަމާއި ގުޅިގެން ރަށުގައި ދެންތިބި މީހުންގެ ފަރާތުން ކައުންސިލަށާއި ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް މިކަން ގެނައުމުގެ ބޭނުމުގައި ކަމަށެވެ.

“އެގޮތައް ވަކިބަޔަކަށް މިވަރުގެ ބިމެއް ދޫކޮށެއްނުލެވޭނެ، އަނެއްކާ ގޯތި ބެހުމުގައި ގޯޅި ލުމަކީ އެބަޔަކަށް ލިބިފައިވާ ބިމުގެ ތެރެއިން ކުރަން ޖެހޭކަމެއް، އެމީހުންނަށް ރައްޔިތުންގެ ބިމަކުން ގޯޅި ހަދާކަށް ބިން ދޭކަށް ނުޖެހޭނެ، އުނގޫފާރުގެ ބިން މިހާ ދަތިއިރު މިގޮތައް މިކަމެއް ނުކުރެވޭނެ” ކައުންސިލަށް ގޮސްހުރި ޒުވާނަކު ބުންޏެވެ.

އުނގޫފާރު ރައްޔިތުންގެ ބާއިންޖީނުގޭގެ ހުޅަނގުން މަގުގެ އަނެއްފަރާތުގައި ހުސްނުހީނާގެ އާއި އިންވެގެން އޮތް ބިމުގައި އުނގޫފާރު ކައުންސިލުން ކޮމިއުނިޓީ ސެންޓަރެއް (ގުރުއާން ކްލާސް ހިންގާނެ އިމާރާތެއް) އިމާރާތް ކުރުމުގެ މަސައްކަތް ފެށި ހިސާބުން އެމަސައްކަތް ހުއްޓުވުމަށާއި އެބިން އެފަރާތަށް ހޯދުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިގެން ހުސްނުހީނާގޭގެ ވާރިސުންގެ ފަރާތުން އަންނަނީ ކުރަމުންކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލަ އާއި ގުޅޭގޮތުން އުނގޫފާރު ކައުންސިލުން ބުނެފައިވަނީ މަސައްކަތް މިވަގުތައް ހުއްޓާލީ ސަރުކާރުން ވަކި އެއްޗެއް އަންގަންދެން މިވަގުތައް މަސައްކަތް ހުއްޓާލުމަށް އެންގުމުން ކަމަށެވެ.

މިތަނުގެ މަސައްކަތް ފެށިފަހުން މަސައްކަތް ކުރަމުންދާ ކޮށްޓްރެކްޓަރަށްވެސް ދަނީ ތަފާތު ތަދިތަކާ ކުރިމަތިވަމުންނެވެ. އެގޮތުން މަސައްކަތް ފެށުމުގެ ގޮތުން މިންތައް ފާހަގަ ކުރުމަށް ޖަހާފައިހުރި ދަގަނޑު ތައް ރޭގަނޑު ވަނީ އުފުރާލާފައެވެ. އަދި ރާނާފައިވާ ފާރުން ބައެއްވެސް ބަޔަކު ވަނީ ތަޅާ ލާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close