ޙަބަރުރ.އަތޮޅުކުޅިވަރު

“ދުވާފަރު ޓީން ކަޕް 2018” ޗެމްޕިއަންކަން ހޯދީ ޓީއާރު ބީޗް

“ދުވާފަރު ޓީން ކަޕް 2018” އިއްޔެ ހަވީރު މިނިއްޖެއެވެ. މިމުބާރާތަކީ ސްކޫލް ބަންދާ ދިމާކޮށް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސިކްސް އަ ސައިޑް މުބާރާތެކެވެ.

ދުވާފަރު ސްކޫލްތަކާއި ޕޮލިސް ސްޓޭޝަން އާއި ދުވާފަރު ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރު އަދި މެޖިސްޓްރޭޓް މުހައްމަދު ސޯދިޤް ގުޅިގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ޓީއާރު ބީޗް ހޯދީ ފައިނަލްގައި ސީބީއެސް ބީ މައްޗަށް 5 – 1 ތަފާތު ބޮޑު ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.

މެޗުގެ ސީބީއެސް-ބީ ޓީމުގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މާއިދް އެވެ. ތިންރުއް ބީޗް ގެ ގޯލުތައް ކާމިޔާބު ކޮށްދިނީ ފައިނަލު މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މައިސަމް ދެ ގޯލް އަދި މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއްދެއްކި އަލީ ނަޒުމީ 3 ގޯލެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ އަލީ ނަޒުމީ، މޫސާ ނުހާޒް، އިބްރާހީމް މާއިދް، މުހައްމަދު އިފްހާމް އަދި އަބްދުﷲ އަލީ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އަލީ ނަޒުމީ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ތިންރުއް ޓީމަށް ކޯޗުކޮށްދިން އިބްރާހީމް އަލީ އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ރަނަރަޕް ސީބީއެސް-ބީ ގެ އަހުމަދު މީޝަމް އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ރައީސް އިބޫ Recent comment authors
ރައީސް އިބޫ
Guest
ރައީސް އިބޫ

ދިވެހި ދައުލަތުގެ ނަމުގައި ވަރަށް ބޮޑަށް މަރުހަބާ

Close