ޙަބަރު

ޤުރްއާން ކުލާހުގެ އިމާރާތަށް ބަޔަކު ގެއްލުންދީ ފާރުން ބައެއް ވައްޓާލައިފި

އުނގޫފާރު ކައުންސިލުން އުނގޫފާރުގައި އިމާރާތް ކުރަމުންދާ ޤުރްއާން ކުލާހުގެ ރާނަންފަށާފައިވާ އިމާރާތުގެ ފާރުން ބައެއް ބަޔަކު ވައްޓާލައިފިއެވެ. މި އިމާރާތަށް ގެއްލުންދީ ފާރުން ބައެއް ވައްޓާލާފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއް ކަމުގައި ލަފާކުރެވެއެވެ. މި އަމަލު ހިންގާފައި ވަނީ ކޮންބައެއް ކަމެއް އަދި ނޭނގޭ ކަމަށް އުނގޫފާރު ކައުންސިލުން މަޢުލޫމާތުދެއެވެ. އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި މިމައްސަލަ ބެލުމަށް އެކައުންސިލުން މިހާރު ވަނީ ފުހުންނަށް މައްސަލަ ހުށައަޅާފައެވެ.

މި ހާދިސާ ހިނގާފައި ވަނީ އުނގޫފާރު ކައުންސިލުން އުނގޫފާރުގެ ކުރީގެ އިންޖީނުގޭގެ ހުޅަނގަށް މަގުގެ އަނެއްފަރާތުގައި ހުސްނުހީނާގެއާ އިންވެގެން އޮންނަ ބިމުގައި ޤުރުއާން ކުލާހެއް އިމާރާތް ކުރަން ފެށުމުން ހުސްނުހީނާގޭގެ ވާރިސުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ޤުރްއާން ކުލާހުގެ އިމާރާތަށް ބަޔަކު ގެއްލުންދިފައި – ފޮޓޯ: ފޭސްބުކް

އުނގޫފާ.ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވަކި ގޮތެއް އަންގަންދެން އުނގޫފާރު ކައުންސިލުން ވަނީ އެ ބިމުގައި ހަދަންފަށާފައިވާ ޤުރުއާން ކުލާހުގެ އިމާރާތް ވަގުތީގޮތުން ހުއްޓާލުމަށް ކޮންޓްރެކްޓަރަށް އަންގާފައެވެ.

ޤުރްއާން ކުލާހުގެ އިމާރާތަށް ބަޔަކު ގެއްލުންދިފައި – ފޮޓޯ: ފޭސްބުކް

މި އިމާރާތުގެ މަސައްކަތް ފެށިފަހުން އެކި ފަހަރު މަތިން ބަޔަކު ވަނީ މި އިމާރާތަށް ގެއްލުންދީފައެވެ. މި ގޮތުން މަސައްކަތް ފެށުމުގެ ގޮތުން މިންތައް ފާހަގަކުރަން ޖަހާފައިވާ ދަގަނޑުތައް އުފުރާލުމާ ފާރު ތަޅާލުން ފަދަ ގެއްލުންތައް ވަނީ އިމާރާތައް ދިީފައިވެއެވެ. މި މައްސަލާގައި މި އިމާރާތް އެޅުން ވަގުތީ ގޮތުން ހުއްޓާލާފައި ވާތީ އެކަމާ ދެކޮޅަށް އުނގޫފާރު ޒުވާނުންގެ ބަޔަކު ވެސް ވަނީ އުނގޫފާރު ކައުންސިލާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއިމާރާތަށް ގެއްލުންދީފައި ވާތީ އުނގޫފާރުގެ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގަވެސް އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close