ހެއްވާ މަޖާޙަބަރު

ރ. އިންނަމާދޫއިން ވެސް ހުދަންބަރެއް ހޮވައިފި

ރ.އިންނަމާދޫގެ އުމުރުން 14 އަހަރުގެ ކުއްޖަކު އެރަށު ގޮނޑުދޮށުން ހުދަންބަރު މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ. އިންނަމާދޫއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މި މާވަހަރު ހޮވާފައިވަނީ އެރަށު ގޮނޑުދޮށަށް ގޮސް މަސްބާނަން ގޮސް އުޅުނު ކުއްޖެކެވެ.

މާވަހަރު ހޮވި ކުއްޖާއަކީ އާންމުކޮށް އެރަށު ގޮނޑުދޮށަށް މަސްބާނަން ގޮސް އުޅޭ ކުއްޖެއް ކަމަށްވެއެވެ. އަދި މި މާވަހަރުގައި 220 ގުރާމް ހުރި ކަމަށް މާވަހަރު ހޮވިކުއްޖާއާގެ އާއިލާ މީހަކާ ހަވާލާދީ ސީއެންއެމްގައި ބުނެފައިވެއެވެ.

އިންމާދޫއިން މާވަހަރެއް ހޮވާފައި މިވަނީ އަންގާރަ ދުވަހުގެރޭ ރ.ދުވާރު ދޯންޏަކުން ވެސް މާވަހަރެއް ހޮވާފައި ވަނިކޮށެވެ. 800 ގުރާމު ހުރި އެ މާވަހަރު ހޮވާފައި ވަނީ ދުވާފަރުގެ ހުއިފިލަނޑާ ނެގުމަށް ދަތުރުކުރާ މަންފާ ނަމަކަށް ކިޔާ ދޯންޏަކުން ރ.އަތޮޅުގެ އޮންނަ ފަޅުރަށެއް ކަމުގައިވާ މަހިދޫ ކައިރިންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close