ޙަބަރު

އިފުރު – މާލެ ދެކޮޅު ޓިކެޓުގެ އަގު 2056ރ އަށް

ޤައުމީ އެއާލައިން މޯލްޑިވިއަންއިން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ނިންމާ އެކަން އިއުލާންކޮށްފިއެވެ.

އައިލެންޑު އޭވިއަޝަންއިން މީޑިއާތަކަށް މައުލޫމާތުދިން ގޮތުގައި އެތެރޭގެ އުދުހުންތަކުގެ އަގު 25 އިންސައްތައާ 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް ހެޔޮކުރުމަށް ވަނީ ނިންމާފައެވެ. މޯލްޑިވިއަންއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެކުންފުނިން ވަނީ އެތެރޭގެ އުދުހުންތަކަށް ދިވެހިން އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ނަގާ ޓިކެޓުގެ އަގު ހެޔޮކޮށް ޓިކެޓުގެ އަގަށް ގެންނަން ނިންމާފައިވާ ބަދަލުތައް އިއުލާންކޮށްފައެވެ.

ޓިކެޓުގެ އަގަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު ރ.އިފުރު އެއާޕޯޓާ މާލެއާ ދޭތެރޭގެ ދަތުރުތަކަށް ކުރިން އެންމެ އަގުހެޔޮ  ފެއާގައި ކޮޅަކަށް 800ރ އަށް ޓިކެޓު ލިބޭ އިރު މިހާރު އެންމެ އަގުހެޔޮކޮށް ޓިކެޓު ވިއްކުމަށް ނިންމާފައ ވަނީ ކޮޅަކަށް 750ރ ގެ ރޭޓުންނެވެ. އެންމެ އަގުބޮޑު ފެއާގައި ކުރިން އިފުރާ މާލެއާ ދޭތެރޭ ކުރާ ދަތުރުތަކަށް 1333ރ އަށް ޓިކެޓު ވިއްކި އިރު މިހާރު ކަނޑައަޅާފައި އަގުތަކަށް ބަލާއިރު އިފުރު – މާލެ ޓިކެޓުގެ އަގު ކޮޅަކަށް 1028ރ އަށް ވުރެ ބޮޑެއް ނުވާނެއެވެ.

މި އަގުތަކަށް ބަލާއިރު ކުރިން އެކި މަންޒިލްތަކަށް ޓިކެޓު ވިއްކި އެންމެ އަގުހެޔޮ ފެއާ އަށް މާ ބޮޑު އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ. އެ ގޮތުން އިފުރު – މާލެ އަށް އެންމެ އަގުހެޔޮ ފެއާގައި ވިއްކި ޓިކެޓުގެ އަގުން ހެޔޮވެފައި ވަނީ އެންމެ 50ރ އެވެ. އެހެން ނަމަވެސް ޓިކެޓު ވިއްކާ އެންމެ ބޮޑު އަގު ވަނީ 25% އިންސައްތައަށް ވުރެ ބޮޑަށް ހެޔޮވެފައެވެ. މިއަގުތަކަށް އައި ބަދަލާ މެދު ގިނަބައެއްގެ ހިއްހަމަ ނުޖެހުމަކީ އެންމެ އަގުހެޔޮ ފެއާއަށް ކުރިން ޓިކެޓު ލިބޭ އަގާ އަޅާ ބަލާއިރު މާބޮޑު ބަދަލެއް ނައުމެވެ.

“އަސްލު ހީކުރީ އެންމެ އަގުހެޔޮކޮށް ވިއްކާ އަގަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް. އެކަމަކު އެންމެ 6% އަށް ވުރެވެސް ކުޑަ ބަދަލެއް މިއައީ” މިކަމާ ބެހޭ ގޮތުން ކޮމެންޓު ކުރި މީހަކު ބުންޏެވެ.

އެތެރޭގެ އަގުތަށް އަންނަ ބަދަލާ އެކު އައިލެންޑުއޭވިއޭޝަނުން އިއުލާންކޮށްފައިވާ އެކި މަންޒިލުތަަކަށް ދަތުރުކުރާ ދެކޮޅު ޓިކެޓުގެ އަގު ތިރީގައި މިވަނީއެވެ.

މާލެ – ހަނމާދޫ: 1610ރ – 2226ރ އާ ދެމެދު

މާލެ އިފުރު: 1500ރ – 2056ރ އާ ދެމެދު

މާލެ – ދަރަވަންދޫ: 1089ރ – 1562ރ އާ ދެމެދު

މާލެ – ކުޑަހުވަދޫ: 1500ރ – 2056ރ އާ ދެމެދު

މާލެ – ތިމަރަފުށި: 1610ރ – 2226ރ އާ ދެމެދު

މާލެ – ކައްދޫ: 1610ރ – 2226ރ އާ ދެމެދު

މާލެ – ކޫއްޑޫ:  1652ރ – 2442ރ އާ ދެމެދު

މާލެ – ކާޑެއްދޫ: 1652ރ – 2442ރ އާ ދެމެދު

މާލެ – ފުވައްމުލަށް: 1698ރ – 2598ރ އާ ދެމެދު

މާލެ – ގަން: 1698ރ – 2666ރ އާ ދެމެދު

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close