ޙަބަރު

އުނގޫފާރު ނެރު ފައިކައްޓަށް ދޯންޏެއް އަރައިފި

އުނގޫފާރު ނެރުން ވަންނަށް އުޅުނު ދޯންޏެއް ނެރު ފައިކައްޓަށް މީގެ ކުޑައިރުކޮޅެއް ކުރިން އަރައިފިއެވެ. މިދޯންޏަށް އެހީވުމަށް މިހާރު އެސަރަހައްދުގައި މީހުންދަނީ ހަރަކާތްތެރި ވަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނެރު ފައިކައްޓަށް އަރާފައވާ ދޯންޏަކީ މުދާ އުފުލާ ދޯންޏެކެވެ. އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި ދޯނި އޮތީ ނެރުފައިކަަށި މައްޗަށް ކުޑަކޮން ބީހިލާފައެވެ. އަދި ދޯނި މިހާރުވަނީ އެތަނަށް އެހީވުމަށް ދިޔަ ލޯންޗެއްގެ އެހީގައި ނަގިލި އަޅާ އިތުރަށް ނެރުފައިކަށިމައްޗަށް ނުބީހޭ ގޮތް ހަދާފައެވެ. ދޯނި ސަލާމަތް ކުރުމުގައި އެހީތެރިވި ލޯންޗުގެ ފަޅުވެރިންނާ ހަވާލާދީ މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި ދިޔަވަރު ބޮޑުވުމުން ދޯނި ސަލާމަތް ކުރެވޭނެ ކަމަށާއި ދޯންޏަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

އުނގޫފާރު ނެރަކީ މީގެ ކުރިންވެސް މިކަހަލަ އެތައް ހާދިސާތަކެއް ހިނގާފައިވާ ނެރެކެވެ. އެ ގޮތުން މި ދިޔަ އަހަރު އޯގަސްޓު މަހު ވަނީ އުނގޫފާރު ނެރުމައްޗަށް ކޮޅުވެއްޓިއެއް އަރާފައެވެ. އަދި 2015 ވަނަ އަހަރު އުނގޫފާރު ނެރުމައްޗަށް ބޯޓެއް އަރާފައިވެއެެވެ. އަދި މީގެ އިތުރުން 2016 ވަނަ އަހަރު އުނގޫފާރު ނެރުމައްޗަށް ތެޔޮ ބޯޓެއް އަދި އިތުރު ދޯންޏެއްވެސް އަރާފައިވެއެވެ.

މިކަހަލަ އެތައް ސަބަބުތަކާ ހުރެ އުނގޫފާރުގެ ނެރު ދެކުނު ފަރާތަށް ބަދަލު ކުރުމަށް އުނގޫފާރު ކައުންސިލުން އަންނަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close