ޙަބަރު

ސަރުކާރުން އުނގޫފާރު ކައުންސިލަށް 5 މިލިއަން ރުފިޔާ ދީފި

އުނގޫފާރު ކައުންސިލަށް ސަރުކާރުން 5 މިލިއަން ރުފިޔާ ދީފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިފައިސާ ކައުންސިލަށް ލިބޭނެކަމުގެ ލިޔުން ފޮނުވާފައިވަނީ 26 ޑިސެމްބަރު 2018 ގައެވެ. އަދި މި ފައިސާ އުނގޫފާރު ކައުންސިލަށް ޖަމާކޮށްދީ ފައިވަނީ 2 ޖެނުއަރީ 2019 ގައެވެ.

މިފައިސާ އަކީ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއަށް ސަރުކާރުން ދޭންޖެހޭ ސަބްސިޑީޒް ފައިސާގެ 14 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ދޫކުރި ފައިސާކަމަށެވެ.

ކައުންސިލުން ވަނީ 4 ޑިސެމްބަރ 2018 ގައި އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ބައްދަލުކޮށް މިފައިސާ ދޫކޮށްދިނުމަށް އެދި މިފައިސާގެ ތަފްސީލާއެކު ހުށައަޅާފައެވެ. ސަބްސިޑީޒް ގެ ގޮތުގައި ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން ނުދީ ހިފަހައްޓާފައިވާ 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް މިސަރުކަރުން ހަމަޖައްސާފައިވަނީ 3 އަހަރަށް ބަހާލައިގެން ފުރަތަމަ 2 އަހަރު އަހަރަކު 5 މިލިއަން ރުފިޔާ ދޭގޮތަށެވެ. ބާކީ ފައިސާ ދޫކުރާނީ 3 ވަނަ އަހަރުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close