ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންގެ ބައްދަލުވުމެއް މިރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019 – އުނގޫފާރު ދާއިރާގެ ޓިކެޓް ދިނުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ގައި ވާދަކުރާ ކެނޑިޑޭޓުންގެ ބައްދަލުވުމެއް މިރޭ އުނގޫފާރު ގައި އޮންނާނެއެވެ. އުނގޫފާރު އެމްޑީޕީން އިސް ނަގައިގެން ބާއްވާ މިބައްދަލުވުމުގައި ޕްރައިމަރީގައި ވާދަ ކުރާ 6 ކެނޑިޑޭޓުން އަދި ކެނޑިޑޭޓުންގެ މަންދޫބުންނަށް މިހާރު ވަނީ ދައުވަތު ފޮނުވާފައެވެ.

މިބައްދަލުވުން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އިބްރާހީމް ޒަޔާން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭގެ ބައްދަލުވުމަށް ހުރިހައި ކެނޑިޑޭޓުންނަށް ދައުވަތު ފޮނުވާފައިވާކަމަށެވެ. އަދި ކެނޑިޑޭޓުން ވަނީ ވަރަށް އުފަލާއެކު އެ ދައުވަތު ޤަބޫލުކޮށްފާކަމަށެވެ. ދައުވަތު ފޮނުވީ ކެނޑިޑޭޓާ އަދި އިތުރު ދެބޭފުޅުން ބައްދަލުވުމުގައި ބައިވެރިވުމަށް ކަމަށާއި އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަށް ވަޑައިގަނެވެން ނެތްނަމަ ކެނޑިޑޭޓުގެ ފަރާތުން މަންދޫބުން މި ބައްދަލުވުމުގައި ބައިވެރި ވުމަށް ކަމަށެވެ.

މިބައްދަލުވުމުގެ ބޭނުމަކީ ވާދަވެރި ޕްރައިމަރީ އެއް ކުރިއަށްދާއިރު ކުރިމަތިވެދާނެ އަދި ކުރިމަތިވަމުންދާ ހިތްހަމަ ނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށާއި ޕްރައިމަރީ އަށްފަހު އެންމެން އެކުގައި މަސައްކަތް ކުރެވޭނެ ފުރިހަމަ މާހައުލެއް ޤާއިމުކުރުމަށް މަޝްވަރާކޮށް ގުޅިގެންމަސައްކަތް ކުރުމަށް ކަމަށެވެ.

ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި އުނގޫފާރު ކްލަބް ޔޫތު ސްޓަރގެ ކޮންފަރެންސް ހޯލުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close