ޙަބަރުރ.އަތޮޅު

ޔޫތު މިނިސްޓަރ މަހުލޫފު ހުކުރު ދުވަހު އުނގޫފާރަށް ވަޑައިގަންނަވަނީ

މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަލްފާޟިލް އަހުމަދު މަހުލޫފް އަންނަ ހުކުރު ދުވަހު އުނގޫފާރަށް ވަޑައިގަންނަވާ ނެއެވެ. މިނިސްޓަރ މަހުލޫފް އުނގޫފާރަށް މިވަޑައިގަންނަވަނީ އެމަނިކުފާނު ރ އަތޮޅަށް ކުރައްވާ ދަތުރު ފުޅެއްގައެވެ.

މިމަހު 10 ން 14 އަށް 5 ދުވަހުގެ މުއްދަތައް ޅ ހިންނަވަރަށާއި ރ އަތޮޅަށް އެމަނިކުފާނު ކުރައްވާ މިދަތުރުގައި ރ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި ބްރާސްފަތި ދުވަހު މިނިސްޓަރ ފުރަތަމަ ވަޑައިގަންނަވާނީ އިފުރުން އަނގޮޅިތީމަށެވެ. އެއަށްފަހު ރަސްގެތީމް ވާދޫ އަށްފަހު އެރޭ މަޑުކުރައްވާނީ އަލިފުށީގައެވެ.

ހުކުރު ދުވަހު ހެނދުނު ވަޑައިގަންނަވާނި ހުޅުދުއްފާރު އަދި އުނގޫފާރަށެވެ. ހުކުރު ދުވަހު ހަވީރު އުނގޫފާރުން މިނިސްޓަރު ވަޑައިގަންނަވާނީ ޅ ހިންނަވަރަށެވެ.

ހޮނިހިރު ދުވަހު ހެނދުނު ވަޑައިގަންނަވާނީ ދުވާފަރަށެވެ. މާކުރަތު ރަސްމާދޫ އިންނަމާދޫ އިނގުރައިދޫ އަށެވެ. މިނިސްޓަރ އެރޭ މަޑުކުރައްވާނީ އިނގުރައިދޫގައެވެ.

އާދީއްތަ ދުވަހު ކިނޮޅަސް ފައިނު މީދޫ އަދި މަޑުއްވަރީ އަށް މިނިސްޓަރު ވަޑައިގަންނަވާނެއެވެ. މިނިސްޓަރ އާދިއްތަ ދުވަހުގެރޭ މަޑުކުރައްވާނީ މަޑުއްވަރީގައެވެ. މިނިސްޓަރ މަހުލޫފު ފުރާވަޑައިގަންނަވާނި ހޯމަދުވަހު ދަރަވަންދޫ މަގުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close