ޙަބަރުރ.އަތޮޅު

ޅެންވެރިންގެ ދުވަހުގެ ހަރަކާތްތައް އިނގުރައިދޫގައި ފަށައިފި

ދިވެހި ރާއްޖޭގެ 30 ވަނަ ޅެންވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން ރޭވިފައިވާ ހަރަކާތްތައް އިއްޔެ ރ.އިނގުރައިދޫގައި ފަށައިފިއެވެ. މިގޮތުން އިއްޔެ އިނގުރައިދޫގައި ވަނީ ޅެން ހަދަން ދަސްކޮށްދޭ ކޯހަކާއި ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހެއް ފަށާފައެވެ.

ޅެންހަދަން ދަސްކޮށްދޭ ކޯސް އިނގުރައިދޫގައި ފެށިގެން ކުރިއަށްދަނީ – ފޮޓޯ: ދިވެހި ބަހުގެ އެކަޑެމީ

ޅެންވެރިންގެ ދުވަހުގެ ހަރަކާތްތައް އިނގުރައިދޫގައި ފެށުމުގެ ގޮތުން އިއްޔެ ވަނީ ދިވެހި ބަހުގެ އެކަޑެމީގެ ޓީމެއް އިނގުރައިދޫއަށް ވަޑައިގެންފައެވެ. އަދި މި ޓީމަަށް އިނގުރައިދޫން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޅެންވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޅެންހަދަން ދަސްކޮށްދޭ ކޯހާއި ދިވެހި ބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް އިއްޔެ އިނގުރައިދޫގައި ރަސްމީކޮށް ފައްޓަވައިދެއްވީ ދިވެހި ބަހުގެ އެކަޑެމީގެ ނައިބްރައީސާ އަލްފާޟިލާ ރާފިޢާ އަބްދުލް ޤާދިރެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިނގުރައިދޫ ސްކޫލްގައި ބޭއްވި ޙާއްސަ އެސެންބުލީ – ފޮޓޯ: ދިވެހި ބަހުގެ އެކަޑެމީ

މި 2 ކޯހުގެ ތެރެއިން ޅެން ހަދަން ދަސްކޮށްދޭ ކޯސް ކުރިއަށް ގެންދަނީ އިނގުރައިދޫ ދާއިރާގެ ރައްތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށާއި އާންމުންނަށް ހުޅުވާލައިގެންނެވެ. އަދި ދިވެހި ބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯސް ކުރިއަށް ގެންދަނީ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް ޙާއްސަކޮށްގެންނެވެ. އިނގުރައިދޫ ސްކޫލް، އިންނަމާދޫ ސްކޫލް އަދި ކިނޮޅަހު ސްކޫލްގެ ބައިވެރިވުމާއެކު މި ކޯސްތަކުގައި ޖުމްލަ 145 ބައިވެރިން ވަނީ ބައިވެރިވެދައެވެ.

ދިވެހި ބަހުގެ އެކަޑެމީގެ ފަންނީ މާހިރުން ކިޔަވައިދެއްވާ ގޮތަށް ހަމަޖެހިފައިވާ މި 2 ކޯސް ކުރިއަށް ދާނީ އިނގުރައިދޫ ސްކޫލްގައެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިބަހުގެ އެކަޑެމީއާ އިނގުރައިދޫ ކައުންސިލާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close