ޙަބަރުރ.އަތޮޅު

އާދަލަތު ޕާޓީގެ އިނގުރައިދޫ ދާއިރާ ޕްރައިމަރީ މާދަމާއަށް ފަސްކޮށްފި

އާދަލަތު ޕާޓީގެ ޓިކެޓުގައި ރައްޔިތުން މަޖުލީހުގެ އިނގުރައިދޫ ދާއިރާއަށް ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް މިއަދު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ޕްރައިމަރީ މާދަމާއަށް ލަސްކުރުމަށް އަދާލަތު ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެޕަޓީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ 26 ޖަނަވަރީ 2019 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 ން މެނދުރު ފަހު 3:00 އަށެވެ. އެޕާޓީގެ ވޯޓުލުން ލަސްކުރި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ރ.އިނގުރައިދޫގެ އިތުރުން ރ.ކިނޮޅަސް، ރ.ފައިނު، ރ.ރަސްމާދޫ އަދި ރ.އިންނަމާދޫއާ އެކު ޖުމްލަ 5 ރަށް ހިމެނޭ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި 2 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ ރ.ކިނޮޅަހު ކައުންސިލްގެ ރައީސް، އަޙުމަދު ހުސެއިން އާއި އަލީ ޝަރީފެވެ.

އިނގުރައިދޫ ދާއިރާ ހިމެނޭ ގޮތަށް އަދާލަތު ޕާޓީން ރައްޔިތުންގެ މަޖުލީގެ 13 ދާއިރާއަކަށް މިފަހަރު ވާދަކުރެއެވެ. އެއީ ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ކުޅުދުއްފުށީ އުތުރު ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ނިލަންދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ކާށިދޫ ދާއިރާ، ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ އަދި މާފަނު ދެކުނު ދާއިރާއެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދާލަތު ޕާޓީން ޕްރައިމަރީއެއް ބާއްވަނީ އިނގުރައިދޫ ދާއިރާގެ އެކަންޏެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close