ޚަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

އަދާލަތު ޕާޓީގެ އިނގުރައިދޫ ދާއިރާ ޓިކެޓު އަޙުމަދު ހުސެއިންއަށް

އަދާލަތު ޕާޓީގެ ޓިކެޓުގައި ރ.އިނގުރައިދޫ ދާއިރާއަށް ވާދަކުރާނެ ފަރާތެއް ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ ރ.ކިނޮޅަހު ކައުންސިލްގެ ރައީސް އަޙުމަދު ހުސެއިން ކާމިޔާބު ކުރައްވައިފިއެވެ.

އަޙުމަދު ހުސެއިންގެ އިތުރުން އަލީ ޝަރީފު ވާދަކުރެއްވި މި ޕްރައިމަރީ އޭނާ ކާމިޔާބުކުރެއްވީ ޖުމްލަ 361 ވޯޓު ހޯއްދަވައިގެންނެވެ. އަލީ ޝަރީފަށް ލިބިވަޑައިގަތީ 305 ވޯޓެވެ.

އަދާލަތު ޕާޓީގެ އިނގުރައިދޫ ދާރިރާގެ ވަގުތީ ނަތީޖާ:

ރ.ކިނޮޅަހު ވޯޓުފޮށި:

އަލީ ޝަރީފް 11، އަޙުމަދު ހުސެއިން 144، ބާތިލް 1

ރ.އިނގުރައިދޫ ވޯޓު ފޮށި:

އަލީ ޝަރީފް 57، އަޙުމަދު ހުސެއިން 75، ބާތިލް 3

މާލޭ ވޯޓުފޮށި:

އަލީ ޝަރީފް 49، އަޙުމަދު ހުސެއިން 62، ބާތިލް 2

ރަސްމާދޫ ވޯޓުފޮށި:

އަލީ ޝަރީފް 40، އަޙުމަދު ހުސެއިން 24، ބާތިލް 1

އިންނަމާދޫ ވޯޓުފޮށި:

އަލީ ޝަރީފް 132، އަޙުމަދު ހުސެއިން 48، ބާތިލް 3

ފައިނު ވޯޓުފޮށި:

އަލީ ޝަރީފް 16، އަޙުމަދު ހުސެއިން 8، ބާތިލް 0

އިނގުރައިދޫ ދާއިރާ ހިމެނޭ ގޮތަށް އަދާލަތު ޕާޓީން ރައްޔިތުންގެ މަޖުލީގެ 13 ދާއިރާއަކަށް މިފަހަރު ވާދަކުރެއެވެ. އެއީ ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ކުޅުދުއްފުށީ އުތުރު ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ނިލަންދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ކާށިދޫ ދާއިރާ، ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ އަދި މާފަނު ދެކުނު ދާއިރާއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close