ޙަބަރު

އިސްލާމިކް ސެންޓަރުގެ އުތުރު މަގު ފުޅާކުރުމުގެ މަސައްކަތް ފަށައިފި

އަލް މަރުހޫމް ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ބިނާ ކުރަމުންދާ އިސްލާމިކް ސެންޓަރުގެ އުތުރުން އޮތްމަގު ފުޅާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އުނގޫފާރު ކައުންސިލްގެ ނައިބް ރައީސް އަލްފާޟިލް މުހައްމަދު އަފްލާހް އުނގޫފާރު ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅޫވީ ކުރިން 15 ފޫޓު ފުޅާ މިމަގު މިހާރު ފުޅާ ކުރަނީ 35 ފޫޓަށް ކަމަށެވެ. އަފްލާހު ވިދާޅުވީ މިމަގު ފުޅާ ކުރަން ނިންމީ މިފަދަ ބޮޑު މުހިއްމު އިމާރާތެއްގެ ވަށައިގެންވާ މަގުތަކަކީ އެކަށީގެންވާ ފުޅާ މިނެއްގައި ޖާގަ ތަނަވަސްކޮށް ހުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ކައުންސިލަށް ޤަބޫލުކުރެވޭތީ އާއި އަދި މިމަގު މިގޮތަށް ފުޅާ ކުރެވެން އޮތީމައި ކަމަށެވެ.

މަގު ފުޅާ ކުރުމުގެ ގޮތުން އިސްލާމިކް ސެންޓަރުގެ ވަށާފާރުގެ އުތުރުފަރާތު ފައުންޑޭޝަން ނަގާ އެފާރު އެތެރެއަށް ޖައްސަން ޖެހޭނެއެވެ. މިފާރު ނުރާނާ މިއަދާ ހަމައަށް ލަސްކޮށްފައިވަނީވެސް މިމަގު ފުޅާކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުން ދާތީއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close