ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

މަޖިލިސް އިންތިހާބުގައި 2 ވޯޓުފޮށި އުނގޫފާރުގައި ބަހައްޓަނީ

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019 ގެ ވޯޓުލުމަށް އުނގޫފާރުގައި 2 ވޯޓުފޮށި ބެހެއްޓުމާމެދު އިލެކްޝަން ކޮމިޝަނުން ވިސްނަމުން ދާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިއީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު އިންތިހާބެއްގައި އުނގޫފާރުގައި ވޯޓުލުމަށް ދެފޮށި ބަހައްޓާ ފުރަތަމަ ފަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މިކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އެދި އިލެކްޝަނުން މިހާރުވަނީ އުނގޫފާރު ކައުންސިލުގައި އެދިފައެވެ. އިލެކްޝަނުން އުނގޫފާރު ކައުންސިލުގައި އެދިފައިވަނީ އުނގޫފާރުގެ އާބާދީ ދެފޮށްޓަށް ބަހާލާނެ ގޮތަކާއި ވޯޓު ފޮށި ބަހައްޓާނެ ތަނެއްގެ މައުލޫމާތު 31 ޖެނުއަރީ 2019 ގެ ކުރިން ފޮނުވައި ދިނުމަށެވެ.

އުނގޫފާރުގައި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ އެގާރަސަތޭކައަށްވުރެ ގިނަ މީހުން މިއިންތިހާބުގައި ތިބޭނެއެވެ. އަދި އުނގޫފާރަކީ ކޮންމެ އިންތިހަބެއްގައިވެސް ރަށުންބޭރު ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާ ރަޖިސްޓްރީ ކުރާރަށެކެވެ. ނިމި ދިޔަ ރިޔާސީ އިންތިހާބުގައިވެސް 200 އަށްވުރެ ގިނަ މީހުން ރަށުންބޭރުން އުނގޫފާރުގައި ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

މިގޮތައް 2 ފޮށްޓަށް ވޯޓުލާގޮތަށް ހަމަޖެހިއްޖެނަމަ މިކަންވެގެންދާނީ އުނގޫފާރުން ވޯޓުލާން ނިކުންނަ ގިނަބަޔަކަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހައަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close