ޙަބަރުރ.އަތޮޅު

ޤާނޫނުގައިވާ ތާރީހުގެ ކުރިން ބަޖެޓު ހުށައެޅީ ރ.އަތޮޅުގެ 11 ކައުންސިލަކުން

ޤާނޫނުގައިވާ ތާރީހުގެ ކުރިން ރ.އަތޮޅުގެ ރަށު ކައުންސިލްތަކުގެ ތެރެއިން 11 ކައުންސިލަކުން 2019 ވަނަ އަހަރުގެ ބަޖެޓު އަތޮޅު ކައުންސިލަށް ހުށައަޅައިފިއެވެ.


ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިނގުމުގެ ޤާނޫނގެ 96 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކުން އެކައުންސިލެއްގެ އެ އަހަރެއްގެ ބަޖެޓް ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަތޮޅު ކައުންސިލަށް ހުށައަޅަން ޖެއެވެ.


2019 ވަނަ އަހަރުގެ ބަޖެޓު ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ހުށައަޅާފައިވާ ކައުންސިލްތައް ރ.އަތޮޅު ކައުންސިލުން އާންމުކޮށްފައިވާއިރު އެ ކައުންސިލް ތަކަކީ އަލިފުށި ކައުންސިލް، ވާދޫ ކައުންސިލް، ރަސްގެތީމް ކައުންސިލް، ހުޅުދުއްފާރު ކައުންސިލް، އުނގޫފާރު ކައުންސިލް، ދުވާފަރު ކައުންސިލް، ރަސްމާދޫ ކައުންސިލް، އިންނާމާދޫ ކައުންސިލް، ފައިނު ކައުންސިލް، މީދޫ ކައުންސިލް އަދި ކިނޮޅަހު ކައުންސިލެވެ.


އަދި ޤާނޫގައި ބުނާ ތާރީހުގެ ކުރިން ރ.އަތޮޅުގެ 4 ކައުންސިލަކުން ބަޖެޓު ހުށައަޅާފައެއް ނުވެއެވެ. އެއީ އަނގޮޅިތީމް ކައުންސިލް، މާކުރަތު ކައުންސިލް، މަޑުއްވަރީ ކައުންސިލް އަދި އިނގުރައިދޫ ކައުންސިލެވެ.


މަތީގައިވާ ކައުންސިލްތަކުގެ މަޢުލޫމާތު އާންމުކޮށް ރ.އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބަޖެޓު ތާރީހުގެ ކުރިން ހުށައެޅި ކައުންސިލްތަކުން އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ އެ ކައުންސިލްތަކަށް މަރުހަބާކިޔާފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close