ޙަބަރުވިޔަފާރި

ތެޔޮޝެޑް އިމާރާތް ކޮށްދިނުމަށް ހުށައެޅީ 4 ފަރާތަކުން

އުނގޫފާރު ކައުންސިލުން އިމާރާތް ކުރުމަށް އިއުލާނު ކުރި ތެޔޮޝެޑް އިމާރާތް ކުރުމަށް 4 ފަރާތަކުން ހުށައަޅައިފިއެވެ.

ތެޔޮޝެޑް އިމާރާތް ކޮށްދޭން އެދޭ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށައެޅުން އޮތީ މިއަދު 10:30 އުނގޫފާރު ކައުންސިލް އިދާރާގައެވެ މިއަދު ބިޑު ހުށައަޅާފައިވަނީ މިކަމުގެ މައުލޫމާތު ސާފުކުރި ހަތަރު ފަރާތުންނެވެ.

ބިޑު ހުށައެޅި ހަތަރު ފަރާތަކީ ހެޕީފޭސް އިންވެސްޓްމަންޓް، ފެންއާރު، މެހުމާން އިންވެސްޓްމަންޓް އަދި ލެޓްމީ ޓްރައި އިންނެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މީގެ ކުރިން މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބްރައީސް އަލްފާޞިލް މުހައްމަދު އަފްލާހު ވިދާޅުވެފައިވަނީ މި ތެޔޮޝެޑް އިމާރާތް ކުރާނީ ޒަމާނީ ވަސީލަތްތަކާ އަދި ފަސޭހަކަމާއެކު މިހިދުމަތް ދެވޭނެ ފެންވަރުގައި ކަމަށެވެ. އަދި މިހާރު ތެޔޮލޯޑު ކުރުމާއި ވިއްކުމުގައި ރައްޔިތުންނަށް ދިމާވާ ހުރިހައި ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މި ތެޔޮޝެޑް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ބަނދަރުގެ ދެނު ޖެޓީން އަމިއްލަ ފަރާތްތަކަށް ތެލުގެ ވިޔަފާރިއަށް ދޫކުރި ބިންތަކުގެ ހުޅަނގު އޮތް ބިމުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close