ޙަބަރު

އުނގޫފާރު ގޮނޑުދޮށް ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

އުނގޫފާރުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހޯމަދުވަހުގެ ހަވީރު ކުރިއަށް ގެންގޮސްފިއެވެ. ހޯމަ ދުވަހުގެ ހަވީރު ސާފު ކޮށްފައިވަނީ އުނގޫފާރުގެ ހުޅަނގު ދެކުނުން ޕަރފެކްޓް ޓައިމް އާއި ދިމާލުން ގޮނޑުދޮށެވެ.

ޒުވާނުންގެ ތެރެއިން ބަޔަކު އިސްނަގައިގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ހައެއްކަ ޒުވާނުން ބައިވެރިވެ ސާފުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިޒުވާނުންވަނީ މިސަރަހައްދުގެ ގޮނޑުދޮށް ކުނިކަހާ އެސަރަހައްދުގައި ހުރި ކުނިބުނި ނަގާ އެއްތަނަކަށް ޖަމާކޮށްފައެވެ.

މިކަމުގައި އިސްކޮށް ހަރަކާތްތެރިވި އަލީ ރަޝީދު (ޓޮޓީ) އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެމުން ބުނީ މިސަރަހައްދު ސާފުކުރީ ވަކިފަރާތަކުން އަންގައިގެން ނޫންކަަމަށާއި، އެސަރަހައްދު ވަރަށްބޮޑަށް ހަޑިވެފައިވާތީ އެތަން ސާފުކޮށް ރީތިކޮށް ބޭއްވުމުގެ ގޮތުން ސާފުކޮށްލީ ކަމަށެވެ. އަދި އަންގާރަދުވަހުވެސް ސާފުކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ހަވަރަކަށް ޒުވާނުން އިސްނަގައިގެން ސާފުކުރި ސަރަހައްދަކީ ވަރަށްގިނަ ބަޔަކު މިހާރުވެސް ހަވީރު ބޭނުންކުރާ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.

މުޖުތަމައުގެ ލާބަޔާ މަންފާއަށް މިގޮތަށް ހިންގާ ހަރަކާތްތައް ރައްޔިތުން ބަލައިގަނެ މިފަދަރީތި ގޮނޑުދޮށްތައް ރީތިކޮށް ބޭއްވުމަށް ހުރިހައި ފަރާތްތަކަކުން މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި މިފަދަ ކަންކަމަށް ހިތްވަރުދީ ޕްރޮމޯޓް ކުރުމަކީ މިފަދަ އިޖުތިމާއީ މަސައްކަތައް ވީހާވެސް ގިނަބަޔަކު ސަމާލުކަށްލިބި ގިނަ ބަޔެއްގެ ބައިވެރިވުން ކުރިއަށްއޮތް ތަނުގައި ލިބިގެންދާނެ ކަމެކެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތް އުފަލާއެކު ބަލައިގަނެ މިކަމުގައި ބައިވެރި ހުރިހައި އެންމެންނަށް އުނގޫފާރު ޑޮޓް ކޮމް ގެފަރާތުން ވަރަށް އިހުލާސްތެރިކަމާއެކު މަރުހަބާއާއި ޝުކުރު ދަންނަވަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close