ޙަބަރު

އެޑްވާންސް ސެޓްފިކެޓް އިން ނާސިންގ ކޯސް އުނގޫފާރުގައި ފެށުމަށް އިއުލާނުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން 2019 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ލިސްޓަށް އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ އިތުރުކޮށް އެކޯސް އުނގޫފާރުގައި ފެށުމަށް އިއުލާނުކޮށްފިއެވެ.

މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން އޮންނާނީ 27 ޖެނުއަރީ 2019 ން ފެށިގެން 6 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ. އަދި މި ކޯހާ ބެހޭ އިތުރު މަޢުލޫމާތު އަދި ކޯހަށް އެދޭ ފޯމް ލިބެން ހުންނާނީ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިންނާއި ޔުނިވާސިޓީގެ ވެބްސައިޓުންނެވެ.

ޤައުމީ ޔުނިވާސިޓީގެ އައްޓްރީޗް ސެންޓަރެއް އުނގޫފާރުގައި ޤާއިމްކޮށް އެ ޔުނިވާސިޓީގެ ނާސިން ކޯސްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން އުނގޫފާރުގައި އަންނަނީ ޑިޕްލޮމާ އަދި ބެޗެލާސް އޮފް ނާސިން ކޯސް ހިންގަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close