
އަލިފުށީ އިރުމަތީ ފަރާތު ނެރުމައްޗަށް އެރި ދޯޏްނެއް އެރަށު ރައްޔިތުން ނިކުމެ ސަލާމަތްކޮށްފިއެވެ. އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިރޭ އިރާކޮޅު 7:00 ހާއިރުއެވެ.
އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނެރުމައްޗަށް އަރާފައި ވަނީ ޝޯރް މެރިން ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އަލިފުށިން މަޢުލޫމާތު ދިން މީހަކު ބުނިގޮތުގައި އެވަގުތު އެ ދޯނީގައި ފުދޭވަރަކަށް ގިނަ މުދާ ހުއްޓެވެ. އޭގެ ތެރޭގައި ކާރަކާއި ވޭނަކާއި، ފައިބަރު މަސައްކަތް ކުރަން ބޭނުންކުރާ ބައެއް ސާމާނާއި ލަކުޑި ފިލާ ހުރި ކަމަށް މަޢުލޫމާތު ލިބެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ދޯންޏަށް އަދި މުދަލަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.