ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019

ވޯޓަރސް ލިސްޓު – ރ.އަތޮޅުގެ 16000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވޭ

06 އޭޕްރީލް 2019 ވަނަ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖުލީގުގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްޤުލިބިގެންވާ މީހުންގެ ލިސްޓު އިލެކްޝަން ކޮމިޝަނުން އާންމުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންނުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ވޯޓް ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި އަދި ސަރުކާރުގެ ގެޒެޓުގައި މިހާރު ފެންނަން ހުންނާނެއެވެ.

އިލެކްޝަންގެ އިއުލާންގައި ބުނެފައިވާ ގޮތުގައި ވޯޓާރސް ލިސްޓަށް ޝަކުވާ ހުށައެޅުން 29 ޖަނަވަރީ 2019 އިން 09 ފެބްރުއަރީ 2019 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަަހަކު ހެނދުނު 8:30 ން މެންދުރު ފަހު 3:00 އަށާއި ހުކުރު ދުވަސް ފިޔަވާ ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 ން މެންދުރުފަހު 3:00 އަށެވެ. މީގެ އިތުރުން ހުކުރު ދަވަސް ދުވަހު މެންދުރު ފަހު 3:00 ން ހަވީރު 5:00 އަށް ވެސް ވޯޓާރސް ލިސްޓަށް ޝަކުވާ ހުށައެޅޭނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލެ ފިޔަވާ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ އަވައްތަކުގެ އޮފީސްތަކުންނެވެ. މާލޭގައި ނަމަ ޝަކުވާ ބަލައިގަންނާނީ އިލެކްޝަން ކޮމިޝަންގެ ޕޯޓް ކޮމްޕްލެކްސް ބިލްޑިންގް އިންނެވެ.

ވޯޓާސް ލިސްޓުން ދައްކާ ގޮތުގައި އުނގޫފާރު ދާއިރާގެ މިފަހަރު ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 3082 ކެވެ. މި އަތޮޅުގެ އެހެން ދާއިރާ ތަކަށް ބަލާއިރު އަލިފުށީ ދާއިރާގައި 3440 މީހުންނަށް، ދުވާފަރު ދާއިރާގައި 3170 މީހުންނަށް، އިނގުރައިދޫ ދާއިރާގައި 3315 އަދި މަޑުއްވަރީ ދާއިރާގައި 3155 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އެއާއެކު މިއަހަރުގެ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބުގައި ރ.އަތޮޅުގެ ޖުމްލަ 16162 މީހުންނަށް ވޯޓުލިބުމުގެ ހައްޤު ލިބިގެންވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close