ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

އުނގޫފާރު ދާއިރާގެ ޖޭޕީ ޓިކެޓް އިލްހާމަށް

06 އޭޕްރިލް 2019 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމްހުރީ ޕާޓީގެ ފަރާތުން އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް ދަނގެތި ދާއިރާގެ މެންބަރު އިލްހާމު އަހުމަދަށް އެ ޕަޓީގެ ޓިކެޓް ދީފިއެވެ. އިލްހާމްއާ އެކު 36 ބޭފުޅަކަށް ޖުމްހުރީ ޕާޓީގެ ޓިކެޓް ދޭން ވަނީ ނިންމާފައެވެ.

މަޖުލިސް އިންތިހާބަށް ޖުމްހުރީ ޕާޓީގެ ޓިކެޓަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 61 ދާއިރާއަކަށް ވާދަކުރުމަށް 97 މީހަކު ޝައުގިވެރިކަން ފަޅުކުރިއެވެ. އޭގެ ތެރެއިން ޓިކެޓް ދޭނެ 36 ފަރާތެއް ހޮވާފައި ވަނީ ޖުމްހުރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމެވެ. ޖުމްހުރީ ޕާޓީގެ ފަރާތުން މިރޭ ކުނޫޒުގައި ބޭއްވި އެ ޕަޓީގެ ކައުންސިލް ބައްދަލުވުމުގައި އެ ޕަޓީގެ ކައުންސިލްގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ ޓިކެޓް ދޭނެ ފަރާތެއް ކަނޑަ އަޅާނީ ގާސިމް އިބްރާހިމް ކަމަށެވެ.

ޖުމްހުރީ ޕާޓީގެ ޓިކެޓް ހަވާލު ކުރި ކެނޑިޑޭޓުން އިއުލާން ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ޤާސިމް ވިދާޅުވީ 36 ދާއިރާގެ އިތުރުން އިތުރު ދާއިރާ ތަކުގެ ޓިކެޓު ދޭނެ ފަރާތެއް ވަރަށް އަވަހަށް ނިންމަވާނޭ ކަމަށެވެ. މިރޭ ޖޭޕީގެ ޓިކެޓް ލިބުނު 36 ބޭފުޅުންގެ ތެރޭގައި ކުރިން ރައްޔިތުން މަޖުލީގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނޭ އަދި ރ.މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ މުޙައްމަދު އަމީތު އަހުމަދު ވެސް ހިމެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ކެނޑިޑޭޓުންނަށް ޓިކެޓު ދިނުމުގައި އެންމެ ބޮޑަށް ބަލާފައި ވާނީ އެ ދާއިރާއެއް ކާމިޔާބު ކުރެވޭނެ ކެނޑިޑޭޓުންނަށް ކަމަށެވެ. މީގެ ކުރިން ގެމަނަފުށީ ދާއިރާގެ ގޮނޑިވެސް ފުރުއްވާފައިވާ އިލްހާމުގެ އިތުރުން އުނގޫފާރު ދާއިރާއަށް ދެން ވާދަކުރައްވާނެ ކަން ކަށަވަރުވެފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ވަހީދު (ވައްޑޭ) އާއި އެމްޑީއޭގެ ޓިކެޓްގައި ވާދަކުރުމަށް ނިންމާފައިވާ އަހުމަދު ރީހާންއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަތްވެއް Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

ވިއްކާ ވޯޓެއް އިންވާހަކަ ބުނެލަން އަގު ދެފަރާތް އެއްބަސްވާ ގޮތަކަށް ނިންމާލާނީ

Close