ޙަބަރުރ.އަތޮޅުވިޔަފާރި

ބެންކް އާއިމާރާތުގެ މަސައްކަތް އަލުން ފަށައިފި

ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗް

އުނގޫފާރުގައި އިމާރާތް ކުރަމުންދާ ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗްގެ އާ އިމާރާތުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މަސައްކަތް އަލުން ފަށައިފިއެވެ.

އިމާރާތުގެ މަސައްކަތް އިއްޔެ ފެށިއިރު މަސައްކަތް އަވަސްކޮށް ނިންމުމަށްޓަކައި އިތުރު ލޭބަރުންވެސް ވަނީ ސައިޓައް ނެރެފައެވެ. ސައިޓުން ވާހަކަ ދެއްކި އިސް މީހަކު މައުލޫމާތުދެމުން ބުނެފައިވަނީ މި ފެބްރުއަރީ މަސް  ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމުގައެވެ.

ބެންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗް ގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވަނީ 24 އޮކްޓޯބަރ 2017 ވީ އަންގާރަ ދުވަހުއެވެ. މިމަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކޮށްފައިވަނީ ބިން ސާފުކުރުމުގެ މަސައްކަތެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަންގެ އުތުރުން އޮތް ބިމުގައި ބަނދަރަށް ވާގޮތަށް އިމާރާތްކުރާ މިއިމާރާތުގެ މަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ކްރޮޕް ކުންފުންޏާއެވެ.  މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2017 ސެޕްޓެމްބަރ މަހުގެތެރޭގައެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭންކުން އިއުލާންކޮށްފައިވަނީ 2017 މެއި މަހުގެތެރޭގައެވެ.

ބީއެމްއެލް އުނގޫފާރު ބުރާންޗު މިހާރު ހިންގަމުންދަނީ އުނގޫފާރު ކައުންސިލް އިދާރާގެ އިމާރާތުގެ ބައެއްގައެވެ. ބީއެމްއެލް އުނގޫފާރު ބުރާންޗުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު އެތައް ގުނައެއް އިތުރުވެ އިމާރާތުގެ ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މިކަމުގެ ޝަކުވާ ކަސްޓަމަރުންގެ ފަރާތުން އަންނަނީ ކުރަމުންނެވެ. އަދި ބެންކްގެ އެެހެން ބްރާންޗް ތަކުން ލިބެންހުރި ފަހުގެ ހިދުމަތްތަކާއި ފަސޭހަަތައް އުނގޫފާރު ބްރާންޗުން ނުލިބޭތީ އެކަމުގެ ޝަކުވާވެސް ގިނަބޔަކު އަންނަނީ ކުރަމުންނެވެ.

ކަސްޓަމަރުންގެ މިޝަކުވާތަކަށް ހައްލެއް ނުވަތަ ލުޔެއް ލިބެން އޮތީ ބެންކް އާއިމާރާތް ނިމިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close