ޙަބަރުރ.އަތޮޅު

2 މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ރ.މަޑުއްވާރީ ކޯޓަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަސް ހަޟިރުކުރަން ބޭނުންވެ ހާޟީރު ނުކުރެވިފައިވާ 2 މީހެއްގެ ފޮޓޯ އާންމުކޮށް އެދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހޯދަމުންދާ ދެ މީހުންނަކީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކޮށް ދިނުމަށް ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެން ހޯދަމުންދާ ދެމީހުންނެވެ.

މި ކޯޓްއަމުރާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ރ.މަޑުއްވަރީ ބުލޫސްޓަރ ޙުސެއިން ޝަރީފް (33އ) އަދި ރ.މަޑުއްވަރީ ރިނބިދޫގެ އަޙްމަދު މިފްތާޙް (29އ) އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މީގެ ތެރެއިން ޙުސެއިން ޝަރީފް ހޯދަމުން ދަނީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ހާޟިރުވެފައި ނުވާތީ ފެބުރުއަރީ 03 ވަނަ ދުވަހު 14:15 އަށް ފުލުހުންގެ ބެލުމުގެ ދަށުގައި ކޯޓަށް ހާޟިރުކޮށްދިނުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. އަދި އަޙްމަދު މިފްތާޙް ހޯދަމުން ދަނީ ރ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ހާޟިރުވެފައި ނުވާތީ ފެބްރުއަރީ 03 ވަނަ ދުވަހު 10:00 އަށް ފުލުހުންގެ ބެލުމުގެ ދަށުގައި ކޯޓަށް ހާޟިރުކުރުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މި 2 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހެއް ވާނަމަ ފުލުހުންެގެ ކަސްޓޯޑިއަލް ޑިޕާޓްމެންޓުގެ ނަންބަރު 9991442 ގުޅައިގެން މަޢުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން އެދިފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close