ޙަބަރުރ.އަތޮޅު

ހެލްތު މިނިސްޓަރ އަމީން އުނގޫފާރަށް ވަޑައިގެންފި

މިނިސްޓަރ އޮފް ހެލްޓު އަބްދުﷲ އަމީން ރޭ އުނގޫފާރަށް ވަޑައިގެންފިއެވެ. ރ.އަތޮޅުގެ އުތުރުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި އަމީން އުނގޫފާރަށް ވަޑައި ގަތީ ރޭގެ އިރާކޮޅު ވަގުތެއްގައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި އަމީންގެ މި ދަތުރުފުޅުގައި ރޭ ވަނީ ރ.އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރުތަކެއްގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އުނގޫފާރުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ހެލްތު ސެންޓަރުތަކަށް ދިމާވެފައިވާ ދަތިތަކާއި އެތަންތަން އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަސްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި މިއަދު މެންދުރު ފަހު އުނގޫފާރު ކައުންސިލާ މިނިސްޓަރ އަމީން ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުނގޫފާރަށް ފަހު އަމީން މިއަދު ވަޑައިގަންނަވާނީ ރ.އަލިފުއްޓަށެވެ. އަދި ރ.އަތޮޅުގެ އުތުރުގެ އެހެން ރަށްރަށަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރުގެ ދަތުރުފުޅު ނިންމަވާލައްވާ ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close