ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019

ޕީޕީއެމް ޓިކެޓުގައި މަތީން އުނގޫފާރު ދާއިރާއަށް

06 އޭޕްރިލް 2019 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްމަތީން މުޙައްމަދު ނިންމަވައިފިއެވެ. މަތީން މިކަން އިއުލާން ކުރެއްވީ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޙާއްސަ ހަފުލާއެއްގައެވެ.

ކުރިން އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަން ކުރައްވާފައިވާ މަތީން ވަނީ ގައުމީ ޕާޓީގެ ނައިބް ރައީސްކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން މަތީން ސްޓެލްކޯގައި އިންޖިނޭރެއްގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން ނޮދަން ޔުޓިލިޓީސް ކުންފުނީގެ އެމްޑީކަން ވެސް ކުރެއްވިއެވެ.

ޕީޕީއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ވަނީ މަޖުލިސް އިންތިހާބުގައި ޕީޕްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ކޯލިޝަން ހަދާ އެއްކޮށް މަޖުލީސް އިންތިހާބަށް މަސައްކަތް ކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.

މަތީންއާ އެކު އުނގޫފާރު ދާއިރާއަށް 4 ބޭފުޅަކު ވާދަކުރައްވާކަން މިހާރު މިވަނީ ކަށަވަރުވެފައެވެ. އެއީ މަތީންގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ވަހީދު (ވައްޑެ)، ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ އިލްޙާމް އަހުމަދު އަދި އެމްޑީއޭގެ ޓިކެޓުގައި ވާދަކުރައްވާ އަޙުމަދު ރީހާންއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close