ޙަބަރުރ.އަތޮޅު

އުނގޫފާރު ކައުންސިލުން ހެލްތު މިނިސްޓަރާއި ބައްދަލުކޮށްފި

އުނގޫފަރު ރީޖަނަލް ހޮސްޕިޓަލް

އުނގޫފާރު ކައުްންސިލުން މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަބްދުﷲ އަމީން އާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ އިއްޔެ މެންދުރުފަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލުގައެވެ. މިބައްދަލުވުުގައި އުނގޫފާރު ކައުންސިލުގެ ނައިބްރައީސް މުހައްމަދު އަފްލާހު އާއި މެމްބަރު ހުސައިން އާސިފްގެ އިތުރުން އުނގޫފާރުގެ ކްލަބު ޖަމިއްޔާތަކުންވެސް ބައިވެރިވެފައި ވެއެވެ.

މިބައްދަލުވުމުގައި އުނގޫފާރު ކައުންސިލާއި ކްލަބް ޖަމާއަތް ތަކުން ވަނީ އުނގޫފާރު ރީޖަނަލް ހޮޮސްޕިޓަލާމެދު ހުރި ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާކޮށްފައެވެ.  މިކަންބޮޑުންތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި މިނިސްޓަރވަނީ އިތުރަށް މައުލޫމާތު އޮޅުންފިލުވާފައެވެ. އަދި ބައެއްކަންބޮޑުވުން ތަކާއި ގުޅޭ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް ސިއްހީ ފަރުވާއަކަށް މާލެވަޑައިގެން އުޅުއްވާތީ ބައްދަލވުމުގައި ބައިވެރިވެލައްވާފައެއް ނުވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close