ޙަބަރުރ.އަތޮޅު

މިނިސްޓަރ އަމީން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަބްދުﷲ އަމީން މިހާރު ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.  މިނިސްޓަރުގެ މި ޒިޔާރަތުގައި ރއަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު ވެސް ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރުގެ މި ޒިޔާރަތުގައި ހޮސްޕީޓަލަށް ޙިދުމަތް ހޯދަން އައިސް ތިބި މީހުންނާ ބަލި މީހުންގެ ހާލު ބައްލަވާލެއްވިއެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީއާ އެހެނިހެން ޑިޕާޓުމެންޓްތައް ބައްލަވާލެއްވިއެވެ.

މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުން – ފޮޓޯ: ޔޫއާރްއެޗް

މިނިސްޓަރު ގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ އެކި ޑިޕާޓްމެންޓްތަކަށް ވަޑައިގެން އެތަން ތަނުގައި ހުރި ދަތިތަކާއި އިތުރަށް އެތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާ ބައްދަލު ކުރައްވާ ތަނުގެ ހާލަތާ މެދު މަޝްވަރާ ކުރައްވާ ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވާފައެވެ. އަދި ހޮސްޕިޓަލުގެ ކުރިއެރުމަށް އިތުރަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މުވައްޒަފުންނާ މަޝްވަރާ ކުރެއްވިއެވެ.

މިނިސްޓަރ އޮފް ހެލްޓު އަބްދުﷲ އަމީން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން – ފޮޓޯ: ޔޫއާރްއެޗް

މިނިސްޓަރ އަމީން ރ.އަތޮޅަށް ވަޑައިގެންފައި ވަނީ ރޭގައެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި އުނގޫފާރުގެ އިތުރުން ރ.އަތޮޅުގެ އިތުރު ބައެއް ރަށްރަށަށް ވަޑައިގަތެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close