ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019

ރ.އަތޮޅުގެ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީ ކެނޑިޑޭޓުންނަށް ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފި

އެމްޑީޕީގެ ޓިކެޓުގައި ރ.އަތޮޅުގެ 5 ދާއިރާއަށް ވާދަކުރާ 5 ކެނޑިޑޭޓުންނަށް ރަސްމީކޮށް އެ ޕަޓީގެ ޓިކެޓު ހަވާލުކޮށްފިއެވެ. އެމްޑީޕީން ކެނޑިޑޭޓުންނަށް އެޕާޓީގެ ޓިކެޓު ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އެ ޕާޓީގެ މަޖުލިސް ކެންޕޭން ރަސްމީކޮށް އިފުތިތާހު ކުރުމުގެ ގޮތުން “އެޖެންޑާ 19” ގެ ނަމުގައި ރޭ ބޭއްވި ޙާއްސަ ޖަލްސާގައެވެ.

އެމްޑީޕީގެ ޓިކެޓުގައި ރ.އަތޮޅުގެ 5 ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންނަކީ އަލިފުށީ ދާއިރާއަށް، މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ)، އުނގޫފާރު ދާއިރާއަށް މުޙައްމަދު ވަހީދު (ވައްޑެ)، ދުވާފަރު ދާއިރާއަށް އިސްމާޢިލް އަޙްމަދު (އިއްސެ)، އިނގުރައިދޫ ދާއިރާއަށް ޙަސަން އަޙްމަދު (ހަސަންޓޭ) އަދި މަޑުއްވަރީ ދާއިރާއަށް އާދަމް ޝިހާމް (އެޑަމް) އެވެ.

އެމްޑީޕީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުން ހޮވާފައި ވަނީ ޖަނަވަރީ 18 ވަނަ ދުވަހު ބޭއްވި އެޕާޓީގެ ޕްރައިމަރީގައެވެ. އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 86 ދާއިރާއަކަށް ވާދަކުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close