ޙަބަރުރ.އަތޮޅު

އުނގޫފާރު އަދި ދުވާފަރު މަގު ހަދާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައިފި

އުނގޫފާރު އަދި ދުވާފަރުގެ މަގުތައް ހަދާނެ ބަޔަކު ހޯދުމަށް ބީލަން ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލާނިން އެންޑް އިންފްރާ ސްޓްރަކްޗާރގެ ފަރާތުން 8 ރަށެއްގެ މަގު ހެދުމަށް ބީމަލަށް ހުޅުވާލާފައިވެއެވެ. އެއީ ރ.އުނގޫފާރާއި ރ.ދުވާފަރުގެ އިތުރުން ހދ.ހަނިމާދޫ، ބ.އޭދަފުށި، ތ.މަޑިފުށި، ސ.ހުޅުދޫ، ލ.ފުނަދޫ އަދި ޏ.ވުވައްމުލަކެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރ.އަތޮޅުގެ 3 ރަށެއްގެ މަގު ހެދުމުގެ މަޝްރޫ ފެށިއެވެ. އޭގެ ތެރެއިން ރ.މީދޫގެ މަގު ހެދުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ. އެހެން ނަމަ ވެސް ދުވާފަރު އަދި އުނގޫފާރުގެ މަގު ހެދުން ވަނީ ތަފާތު ސަބަބުތަކާ ހުރެ މަޑު ޖެހިފައެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށްގެން އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 24 ސެޕްޓެމްބަރ 2016 ގައެވެ. މި ޕްރޮޖެކްޓްގެ ދަށުން އުނގޫފާރުގެ 15 މަގެއް ތާރު އަޅައިގެން ތަރައްޤީ ކުރާގޮތަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގައި މިހާރު ޕޭމަންޓުގައި ގާ އަތުރާ ނިމި ތާރު އެޅުމުގެ ކުރިން އަޅާ ސިމެންޓި ލޭޔާ އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުނގޫފާރުގެ މަގުތަކުގައި ތާރު ލޭޔާ އެޅުމަށް ސަބް ކޮންޓްރެކްޓްގެ ދަށުން ލަންކާގެ ސިއެރާ ކޮންޕެނީ އާ ހަވާލުކުރި ނަމަވެސް އެ ކުންފުނިން އެއްބަސްވުމުގައިވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެހެން ކަމުން ސަރުކާރުން ވަނީ އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައެވެ. އަދި މަގު ހެދުމުގެ މަސައްކަތް އެހެން ބަޔަކާ ހާވާލުކޮށްގެން ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close