ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅު

ރަސްގެތީމްގެ ފެނާއި ނަރުދަމާ އަދި އަލިފުށީ ފެނުގެ ނިޒާމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ރަސްގެތީމްގެ ފެނާއި ނަރުދަމާ އަދި އަލިފުށީ ފެނުގެ ނިޒާމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ރ.ރަސްގެތީމްގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްދޭނެ ފަރާތަކާއި ރ.އަލިފުށީ ފެނުގެ ނިޒާމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލާނިން އެންޑް އިންފްރާ ސްޓްރަކްޗާރގެ ފަރާތުން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ 8 ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމަށާއި، 3 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމް ކުރުމަށާއި 1 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ.

ރ. ރަސްގެތީމްގެ އިތުރުން ފެނާއި ނަރުދަމާ ޤާއިމް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައި ވަނީ ހއ.އުލިގަމު، ގއ.ކަނޑުހުޅުދޫ، ތ.ކިނބިދޫ، ނ.ކެނދިކުޅުދޫ، ށ.މަރޮށި، ބ.ހިތާދޫ އަދި ތ.ވަންދޫގެ ފެނާއި ނަރުދަމާ ޤާއިމް ކުރުމަށެވެ. ފެނުގެ ނިޒާމް ޤާއިމް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައި ވަނީ ރ.އަލިފުށީގެ އިތުރުން ހދ.ނޮޅިވަރަން އަދި ށ.ކަނޑިތީމުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމަށެވެ. މީގެ އިތުރުން ނަރުދަމާގެ ނިޒާމް ޤާއިމް ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި ވަނީ ށ.ފޯކައިދޫގެ ނަރުދަމާގެ ނިޒާމެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުގައި މިމަސައްކަތްތައް ކުރުމަށް ބީލަން ހުޅުވުން އޮންނާނީ 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close