ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019

އުނގޫފާރުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަނީ

06 އޭޕްރިލް 2019 ވާ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބުގައި އުނގޫފާރުގެ ވޯޓްލާ މަރުކަޒުތަކުގައި މަސައްކަތްކުރާނެ އޮފިޝަލުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ވޯޓުލާ މަރުކަޒުގައި އޮފިޝަލެއް ގޮތުގައި ހަރަކާތްތެރިވުމުގެ ޝަރުތުތަކަކީ އުމުރުން 18 އަހަރުވެފައިވާ މީހެއް ކަމުގައި ވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، އެއްވެސް ކެނޑިޑޭޓެއްގެ ކެންޕޭންގައި އަމަލީ ގޮތުން ބައިވެރިވާ މީހެއް ކަމުގައި ނުވުމާއި، ކެނޑިޑޭޓެއްގެ  މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުމާއި އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުމާއި، މިފަދަ މަސަައްކަތަކަށް ސިއްޙީ ގޮތުން ޤާބިލް މީހަކަށް ވުމުގެ އިތުރުން ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމެވެ.

އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައިވާ ޝަރުތުތައް ހަމަވާ ނަމަ އެކަމަށް ޙާއްސަކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު ފޯމާ އެކު ހުށައަޅަން ޖެހޭ ލިޔެކިޔުންތަކާ އެކު 07 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އުނގޫފާރު ކައުންސިލަށް ހުށައެޅުމަށެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖުލީހުގެ އިންތިހާބުގައި އުނގޫފާރުގައި ވޯޓުލުމަށް 2 ފޮށި ބެހެއްޓުމާ ގުޅޭ ގޮތުން އަންނަނީ ވާހަކަ ދެކެވެމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close