ހާއްސަ ލިޔުންޙަބަރު

އާނިސާގެ މައްޗަށް ކަށުނަމާދުކުރުން މެންދުރު ނަމާދައްފަހު އޮންނާނެ- އާއިލާ

ރ އުނގޫފާރު ގްރޯވިން އާނިސާ ވަޖުދީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރުނަމާދައްފަހު އުނގޫފާރު މަސްޖިދުއް ތަރާހުމި (ހުކުރު މިސްކިތް) ގައި އޮންނާނެއެވެ. ވީމާ ވީހާވެސް ގިނަބަޔަކު މިކަށުނަމާދުގައި ބައިވެރިވެ ލެއްވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

އާނިސާ ނިޔައުވީ ޖެނުއަރީ 31 ވީ ބްރާސްފަތި ދުވަހުގެރޭ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އާނިސާ (އާނިސްތަ) އަކީ އިޖުތިމާއީ ގޮތުން އުނގޫފާރަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި އުނގޫފާރު އަންހެނުންގެ ކޮމެޓީގައި އިސްދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. އަދި އުނގޫފާރުގެ ކުރިއެރުމަށާއި އުނގޫފާރުގައި ތަޢުލީމު ކުރިއެރުމަށް އިޖުތިމާޢީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. އާނިސާ ވަޖުދީ ވަނީ ސިއްޙީ ދާއިރާގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައެވެ.

މާތްﷲ އާނިސާގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާންދޭވެ. އާމީން

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close