ޙަބަރު

އިރުމަތިފަރާތު މައިޒާން ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް

އުނގޫފާރު އިރުމަތި ފަރާތުގައި ތަރައްޤީ ކުރަމުންދާ ހިތްފަސޭހަ މައިޒާން ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށްފޯރީގައި ކުރިއަށް އެބަދެއެވެ. ރ އުނގޫފާރު އޮއިވަރު އަލީ މުފީދުގެ އިސްނެގުމަށް ތަރައްޤީކޮށް މިހާރުވެސް ތަފާތު އެކިބޭނުންތަކުގައި ބޭނުންކުރަމުންދާ ސަރަހައްދު މިހާރައްވުރެ ބޮޑުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ގެންދަނީ ބާރު ސްޕީޑްގައި ކުރިއަށެވެ.

މިސަހަރައްދު ތަރައްޤީކުރުމުގެ މަސައްކަތްނިމޭއިރު އުނގޫފާރު ފުޓުބޯޅަ ދަނޑުގެ އުތުރުން ފެށިގެން “މިރާފް” ގެއާއި ހަމައަށް ހިމެނޭ ސަރަހައްދު ސާފުކޮށް ތަރައްޤީ ކުރެވިގެން ދާނެއެވެ. މިމަސައްކަތުގައި އެތަނުގައި އިސްކޮށް ހަރަކާތްތެރިވާ އާދަމް (އެޑަމް) އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެމުންބުނީ މިސަރަހައްދު އިތުރަށް ތަރައްޤީކުރުމުގެ ބޭނުމަކީ އެސަރަހައްދު ބޭނުންކުރާ މީހުންނަށް މިހާރަށްވުރެ ހިތްފަސޭހަ މާހައުލެއް ހޯދައިދިނުންކަމަށެވެ. އެގޮތުން މުޅި ސަރަހައްދަށް ކަށިވެލިލާ ރީތި ކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

“މިސަރަހައްދު ނިމޭއިރު ބާބެކިއު ހެދުމަށް ހާއްސަ އޭރިއާއެއްވެސް އޮންނާނެ އަދި މޫދަށްއެރި ފެންވަރާލެވޭނެ ގޮތްވެސް ހުންނާނެ، ބާބެކިއު ހެދުމަށް ތައްޔާރުކުރަނީ އުތުރުފަރާތް އަދި މޫދައްއެރުމާއި ކަންކަމަށް ދެކުނު ފަރާތް ” އެޑަމް ބުންޏެވެ.

މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ މިމްރާހް (މިކީ) ބުނީ މިސަރަހައްދު ނިމޭއިރު މިތަނުގައި ހަޓަކާއި އުނދޯލިގެއެއްވެސް ހުންނާނެކަމަށެވެ. އަދި އެލުވާ ޖޯލި ތަކާއި އިށީ އިނދެލާނެ އަދި އޮށޯވެ އޮވެލާނެ ބެންޗް ފަދަ ތަކެތިވެސް ހުންނާނެކަމަށެވެ. އަދި މަސައްކަތް ނިންމާލެވޭއިރު މިސަރަހައްދު ވަކިކުރުމަށް ފެންސް އެއްވެސް ޖެހުމަށްވަނީ ހަމަޖެހިފައިކަމަށެވެ.

މަސައްކަތުގައި ވަރަށް ހަރަކާތްތެރިކޮށް އުޅެމުންދިޔަ ރިމާޒް އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެމުން ބުނީ މިސަރަހައްދަށް ލިބިގެންދާނެ އެންމެ ބޮޑު ފުރިހަމަކަމަކީ މޫދުގައި އިމާރާތްކުރާ (ވޯޓަރވިލާ) ކަމަށެވެ. އެތަން ހެދުމަށް ނަގަންޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާކަމަށެވެ.

“މިތަނަކީ މިރަށުގައި ހެދޭތަނެއް، މިތަން ބޭނުންކުރާނީ މިރަށުމީހުން، އަހަރެމެން މިކުރަނީ މަސައްކަތް، އަހަރެމެން ބޭނުންވަނީ މިކަންވީއެންމެ ފުރިހަމައަކަށް ނިންމަށް” ވަރަށް ޖޯޝާއެކު ވާހަކަ ދައްކަމުން ރިމާޒު ބުންޏެވެ.

This slideshow requires JavaScript.

ޒުވާނުްތަކެއް އިސްނަގައިގެން ކުރިއަށްގެންދާ މިމަސައްކަތުގައި މިހާރުވަނީ މިކަމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކޮށްފައެވެ. މިހާރު ކުރިއަށްދަނީ އެތަނަށް ބޭނުންވާ ޖޯލިފަދަ ތަކެތި ތައްޔާރުކުރުމާއި ކުނިތައް އުކާލުމާއި ޖޯލިތައް ގެތުން ފަދަމަސައްކަތް ތަކެވެ.

“ރަސްފަންނު” ނަމުގައި ގިނަބަޔަކުގެ މެދުގައި މަޤުބޫލުވެފައިވާ މިސަރަހައްދު މިފަހަރު ތަރައްޤީކުރުމަށް ފަންޑްކުރަނީ ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ އިލްހާމް އަހުމަދެވެ.

 

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close