ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019

ރ. އަތޮޅުގެ 5 ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެނޑިޑޭޓުން ފޯމް ހުށައަޅައިފި

6 އެޕްރީލް 2018 ވާ ހޮނިހިރު ދުވަހު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިޙާބުގައި އެމްޑީޕީގެ ޓިކެޓުގައި ރ.އަތޮޅުގެ 5 ދާއިރާއަށް ވާދަކުރާ 5 ކެނޑިޑޭޓުން ދާދި ދެންމެ އަކު އިލެކްޝަނަށް ވަޑައިގެން  ފޯމް ހުށައަޅުއްވައިފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ރ.އަތޮޅުގެ 5 ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންނަކީ އަލިފުށީ ދާއިރާއަށް، މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ)، އުނގޫފާރު ދާއިރާއަށް މުޙައްމަދު ވަހީދު (ވައްޑެ)، ދުވާފަރު ދާއިރާއަށް އިސްމާޢިލް އަޙްމަދު (އިއްސެ)، އިނގުރައިދޫ ދާއިރާއަށް ޙަސަން އަޙްމަދު (ހަސަންޓޭ) އަދި މަޑުއްވަރީ ދާއިރާއަށް އާދަމް ޝިހާމް (އެޑަމް) އެވެ.

އިލެކްޝަނަށް ފޯމް ހުށައެޅުއްވުމަށް ފަހު އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާ މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މިއީ އެމްޑިޕީން އުނގޫފާރު ދާއިރާއަށް ކުރިމަތިލާ 4 ވަނަ ފަހަރު ކަމަށާއި އިރާދަކުރެއްވިއްޔާ މިފަހަރު އެމްޑިޕީން މި ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ. ވައްޑެ އިތުރަށް ވިދާޅުވީ ކެންޕޭންތެރޭގައި ދޮރުން ދޮރަށް ހިނގި ހިނގުމުން އުނގޫފާރު ދާއިރާގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ތިބިކަން އެނގިގެން ގޮސްފި ކަމަށާއި އެބައި މީހުން ބައިބައި ނުވެ ބަދަހިކޮން ތިބެއްޖެ ނަމަ މި ގިނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުން ހޮވާފައި ވަނީ ޖަނަވަރީ 18 ވަނަ ދުވަހު ބޭއްވި އެޕާޓީގެ ޕްރައިމަރީގައެވެ. އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 86 ދާއިރާއަކަށް ވާދަކުރެއެވެ.

ރައްޔިތުން މަޖުލީހުގެ އިންތިޙާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަނުން ހުޅުވާލާފައި ވަނީ ޖަނަވަރީ 29 ވަނަ ދުވަހުއެވެ. އަދި އިލެކްޝަންގައި ވާދަކުރުމަށް އެދި ފޯމް ހުށައެޅުމުގެ ސުންގަޑި އަކީ މި ހިނގާ ފެބްރުއަރީ މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close