ޙަބަރު

އުނގޫފާރު ކައުންސިލާ ކްލަބް ޖަމިއްޔާތަކުން ފުލުހުންނާއި ބައްދަލުކޮށްފި

އުނގޫފާރު ކައުންސިލާއި ކްލަބު ޖަމާއަތްތަކުން ފުލުހުންނާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ ރޭ 21:15 ގައި އުނގޫފާރު ޕޮލިސް ސްޓޭޝަންގައެވެ.

މިބައްދަލުވުމާއި ބެހޭގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް މުހައްމަދު އަފްލާހު ވިދާޅުވި  ބައްދަލުވުމުގެ ބޭނުމަކީ އުނގޫފާރުގެ އަމްނު ބެލެހެއްޓުމުގައި އެންމެން ގުޅިގެން ކުރެވިދާނެ މަސައްކަތްކަކީ ކޮބައިތޯ ބެލުމާއި ކުށުގެވެށިން އުނގޫފާރުގެ ރައްޔިތުން ސަލާމަތްކޮށް އަމާން މާހައުލެއް ރަށްޔިތުންނަށް ހޯދައި ދިނުމާއި ގުޅޭގޮތު މަޝްވަރާ  ކުރުން ކަމަށެވެ. އަދި ހިއްސާކުރެވުނު ކަންކަމާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން ހުރި ކަންބޮޑުވުންތައްވެސް ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރިއެވެ.

މިބައްދަލުވުމުގައި އުނގޫފާރު ކައުންސިލްގެ ނައިބްރައީސްގެ އިތުރުން ކްލަބް ޔޫތު ސްޓަރ އަދި އުފާއިން ބައިވެރިވިއެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close