ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019

އަލިފުށީ ދާއިރާ ޕީޕީއެމް ޕީއެންސީ ކޯލިޝަން ޓިކެޓް އަހުމަދު ހުސެއިންއަށް

ަ

19 ވަނަ ރައްޔިތުންގެ މަޖުލީހަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި އަލިފުށީ ދާއިރާގެ ޓިކެޓު އަޙުމަދު ހުސެއިން ކާމިޔާބުކޮށްފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔައީ އިއްޔެއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިސަންގެ ޕްރައިމަރީގައި އަލިފުށީ ދާއިރާއަށް އަޙުމަދު ހުސެއިންއާ އެކު ވާދަކޮށްފައިި ވަނީ އާމިނަތު މަދީހާ، ހާޝިމް މުޙައްމަދު އިތުރުން ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ރައީސް ޔާމިންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އެޗްއާރްސީއެމްގެ ނައިބް ރައީސްކަން ކުރާއްވާފައިވާ ޝިފާގު މުފީދެވެ.

މި ޕްރައިމަރީގައި އަޙުމަދު ހުސެއިންއަށް 195 ވޯޓް ލިބިފައި ވާއިރު، އޭނާ އާ އެންމެ ގާތުން ވާދަކުރި ޝިފާގު މުފީދަށް ލިބިފައި ވަނީ 148 ވޯޓެވެ. މީގެ އިތުރުން އާމިނަތު މަދީހާ އަށް 86 ވޯޓް ލިބިފައި ވާއިރު ހާޝިމް މުޙައްމަދަށް ލިބިފައި ވަނީ 63 ވޯޓުވެ.

އަލިފުށި، ވާދޫ، އަނގޮޅިތީމް، ރަސްގެތީމް ހިމެނޭ އަލިފުށީ ދާއިރާއަށް އަހުމަދު ހުސެއިން ވާދަކުރާއިރު އެދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ މިހާރު ވެސް އެދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއްޔެ ވަނީ 6 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައެވެ. ޕީޕީއެމްގެ ޓިކެޓުގައި މިހާތަނަށް 53 ބޭފުޅަކަށް ލިބިފައިވާއިރު ޕީއެންސީ އިން ވަނީ މަޑުއްވަރީ ދާއިރާގެ ޓިކެޓު ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީމް އުމަރަށް ދީފައެވެ. 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close